އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެސްޓަރގެ ކީޕަރު ކޭސްޕަރ ސްމައިކަލް ރަނިއޭރީގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކޮށްފި

ލެސްޓަރގެ ކީޕަރު ކޭސްޕަރ ސްމައިކަލް ރަނިއޭރީގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ލެސްޓަރ ސިޓީގެ އެއްނަމްބަރ ގޯލްކީޕަރު ކޭސްޕަރ ސްމައިކަލް ލެސްތާގެ ކޯޗުކަމުން ދާދިފަހުން ވަކިކުރި ކްލައުޑިއޯ ރަނިއޭރީގެ އަރިއަހަށް އިޙުތިރާމުގެ ޒިޔާރަތެއް ކޮށްފިއެވެ.

ޑެންމާކަށް އުފަން ސްމައިކަލް ރަނިއޭރީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދީފައިވަނީ އޭނާގެ އިންސްޓަރ ގްރާމުން އާންމުކުރި ލިޔުމެއްގައެވެ.

ރަނިއޭރީއާ އެކު ސްމައިކަލް ބޭއްވި މި ބައްދަލުވުމުގައި ރަނިއޭރީ ލެސްޓަރއަށް ހޯދައިދީފައިވާ ބޮޑެތި ކާމިޔާބީތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އެގޮތުން ނިމިގެން ދިޔައަހަރުގެ ޕްރިމިއަރ ލީގު ލެސްޓަރއަށް ހޯދަދިނުން ފާހަކޮށްފައިވެއެވެ.

ޢުމުރުން 30 އަހަރުގެ ސްމައިކަލް ގެ މި ލިޔުމުގައި ރަނިއޭރީއަށް ގިނަ ތައުރީފުގެ ބަސްތައް ރައްދުކޮށްފައިވެއެވެ. އެގޮތުން އޭނާ ބުނެފައިވަނީ ރަނިއޭރީއަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ބައްދަލުވި އެންމެ މޮޅު އަދި އެންމެ ތަފާތު ކޯޗުކަމަށާއި ރަނިއޭރީ އަކީ އަދިވެސް އެފެންވަރުގެ ކޯޗެއްކަމަށް ގަބޫލްކުރާ ކަމަށް ވެސް ސްމައިކަލް ބުނެފައިވެއެވެ.

އަދި ލެސްޓަރއަށް މިހާތަނަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުއަދާ ކުރާކަމަށާއި އަދިވެސް ރަނިއޭރީގެ ކޯޗުކަމުގެ ދަށުން ކުޅެލަން ފުރުސަތު ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

" އަހަރެމެންނަށް ތި ހޯދަދިން ބޮޑެތި ކާމިޔާބީތަކަށް ފައްފަށުން ޝުކުރުއަދާކުރަން. ވަކިވެގެން ދާންޖެހުމަކީ ހިތާމަކުރާކަމެއް. އެހެން ނަމަވެސް އެކުގައިހޭދަކޮށްލަން ލިބުނު ފުރުސަތަށްވެސް ޝުކުރުކުރަން. ޝުކުރިއްޔާ ބޮސް." ސްމައިކަލް ބުނެފައިވެއެވެ.

އިނގިރޭސި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓަރ ސިޓީގެ ކޯޗުކަމުގައި ހުރި މިދިޔައަހަރުގެ އެންމެ މޮޅު ކޯޗު ކްލައުޑިއޯ ރަނިއޭރީގެ އަރިހަށް ސްމައިކަލްގެ އިތުރުން އެކުލަބުގެ އެހެނިހެން ކުޅުންތެރިންވެސް ދަނީ ރަނިއޭރީއަށް ގުޅާ ޝުކުރުއަދާ ކުރުމުގެ އިތުރުން ޒިޔާރަތްވެސް ކުރަމުންނެވެ.

ރަނިއޭރީގެ ކޯޗުކަމުގެ ދަށުން ލެސްޓަރ ނިމިގެންދިޔަ އަހަރުގެ ލީގު ކާމިޔާބުކުރި އިރު އޭނާ އަކީ ޕްރިމިއަރ ލީގުން ހޮވި ނިމިގެންދިޔަ އަހަރުގެ އެންމެ މޮޅު ކޯޗެކެވެ.
ރަނިއޭރީ ވަނީ ލެސްޓަރގެ ކޯޗުކަމުން އޭނާ ވަކިކުރުމަކީ އޭނާ ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލި ވުންކަމުގައި ސިފަކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން