އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހީވާގި ކަނބަލުން އެކްސްޕޯއަށް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް

ހީވާގި ކަނބަލުން އެކްސްޕޯއަށް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

"ހީވާގި ކަނބލުން އެކްސްޕޯ 2017 އަށް ފަތުރުވެރިންގެ ބޮޑު ތރުޙީބެއް ދަނީ ލިބެމުންނެވެ.

ފަތުރުވެރިންނަށް މިއަދު މެންދުރުފަހު ހުޅުވައިލި ފުރުޞަތުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އެކްސްޕޯއަށް ޒިޔާރަތްކޮށް އެކްސްޕޯބަލައި ތައުރީފްކޮށްފައެވެ. އަދި ފަތުރުވެރިން ވަނީ އެކްސްޕޯއިން ބައެއް ތަކެތި ގަނެފައެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރި ފަތުރުވެރިން ބުނެފައިވަނީ އެކްސްޕޯގައި ދިވެހި ޘަޤާފަތް ފެންނަ އުފެއްދުންތަކެއް އެއްތަނަކުން ފެނުމުން އުފާކުރާ ކަމަށެވެ. އަދި މިއީ އެމީހުންނަށް ލިބުނު ވަރަށް ބޭނުންތެރި ފުރުޞަތެއް ކަމަށެވެ.

"އަހަރެން ބައެއް ތަކެތި ގަނެފިން. ރައްޓެހިންނަށް ހަދިޔާ ކުރާނެ ތަކެތިވެސް ގަތިން" ފަތުރުވެރިއަކު ބުނެފައިވެއެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ބައެއް ޚާއްޞަ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މާދަމާގެ މެންދުރުފަހު 2:00 އިން 6:00 އަށްވެސް އެކްސްޕޯގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

މައުރަޒު ކުރިއަށް ގެންދާ ވަގުތުތަކުގައި ޘަޤާފީ ބައެއް ތަކެތި އުފައްދާގޮތް ވެސް ގެންދަނީ ދައްކައިދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް