އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓްރީޓްސޮކަރގެ ތަށި ޑީސީ ސްޕޯޓްސްއަށް

ސްޓްރީޓްސޮކަރގެ ތަށި ޑީސީ ސްޕޯޓްސްއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އައްޑޫ ސިޓީ ގަމުގައި އިއްޔެ ހަވީރު ކުޅުނު އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގެ ފައިނަލް މެޗު 3-1 އިން ކާމިޔާބޔުކޮށް މުބާރާތުގެ ޗެމްޕިއަންކަން މަރަދޫ ޑީސީ ސްޕޯޓްސް ހޯދައިފިއެވެ.
ފައިނަލުގައި އެޓީމާ ވާދަކުރީ މާލެއިން ބައިވެރިވި އެފްސީ ފެލްކަންއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ، ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ފައިނަލް މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ޑީސީގެ ޖާޒީ ނަމްބަރ 10 ހުސައިން އުސައިދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް އެސް.އެމް.ޓީގެ ޖާޒީ ނަމްބަރ 7 ހުސައިން އައިކްއެވެ.

މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންނަކީ ޑީސީގެ ޖާޒީ ނަމްބަރ 11 ފަހުދުﷲ މުފީދު، ޑީސީގެ ޖާޒީ ނަމްބަރ 10 ހުސައިން އުސައިދު، އެފްސީ ފެލްކަންގެ ޖާޒީ ނަމްބަރ 12 އިބްރާހީމް މުހައްދު، އެފްސީ ފެލްކަންގެ ޖާޒީ ނަމްބަރ 9 މުހައްމަދު ޝިފާހުއެވެ. އެންމެގިނަ ލަނޑުޖެހި ކުޅުންތެރިއަކީ އެފްސީ ފެލްކަންގެ އިބްރާހީމް މާޒު ސައީދެވެ. އެންމެ މޮޅު ކޯޗަކީ ޑީސީގެ ކޯޗު ހުސައިން ރަޝީދު (އަޓޭލާ) އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޑީސީ ސްޕޯޓްސްއެވެ. ރަނަރ އަޕް ޓީމަކީ އެފްސީ ފެލްކަންއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެފްސީ ޒެފިއާއެވެ.

ޗެމްޕިއަން ޓީމާއި އެކި މަގާމްތައް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި މެޑެލާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ގަންޕޮލިސް ސްޓޭޝަންގެ އިންޗާޖު އަފްރާހާއި، ކުރީގެ ކުޅުންތެރިޔާ، ލަބީބާއި، ކުރީގެ ރެފްރީ ލަބީބެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު