އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަންވަރު ގަޑީގައި ހޭލެވުމުން ބައެއްފަހަރު އެއްވެސް ހަރަކާތެއް ނުކުރެވެނީ ކީއްވެކަން އިނގޭތަ؟

ދަންވަރު ގަޑީގައި ހޭލެވުމުން ބައެއްފަހަރު އެއްވެސް ހަރަކާތެއް ނުކުރެވެނީ ކީއްވެކަން އިނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު



ދަންވަރު ގަޑީގައި ހޭލެވުމުން ބައެއްފަހަރު އެއްވެސް ހަރަކާތެއް ނުކުރެވި އޮތުމަކީ އާއްމުކޮށް ވަރަށް ގިނަ ފަރާތްތަކަށް ދިމާވާ ކަމެކެވެ.

ނިދީގައި އޮވެ ހޭލެވުމުން އަތެއްފައެއް ގުޑުވާ ނުލެވިފައި ބައެއް ފަހަރު އޮންނަން ޖެހެއެވެ. އަދި ކައިރީގައި މީހަކު ހުރިހެން ވެސް ބައެއްފަހަރު ހީވާނެއެވެ. މިއީ ނަފްސާނީ ގޮތުން ހިތަށް ވަރަށް ބިރުވެރިކަން ގެނުވާ ކަމެއްވެސް މެއެވެ.

ނިދުމާއި ބެހޭގޮތުން ދިރާސާކުރި ސައިންޓިސްޓުން 2011 ވަނަ އަހަރު "ސްލީޕް އނެލިސިސް" ގައި ޝާއިއު ކޮސްފައިވަނީ، ދަންވަރު މިފަދައިން ހޭލެވި އެއްވެސް ހަރަކާތެއް ނުކުރެވި އޮތުމަކީ "ސްލީޕް ޕެރެލައިސިސް" (ނިދީގައި އޮވެ ވާގިނެތުން) ކަމަށެވެ. މިކަމާއި ބެހޭ ގޮތުން އެބޭފުޅުން އިތުރަށް ބުނެފައިވަނީ، ސްލީޕް ޕެރެލައިސިސް ވެފައި އޮންނަ ވަގުތު އިންސާނާ އޮންނަނީ ދެބައިކުޅަ އެއްބައި ހޭލާ ކަމަށާއި އަނެއްބައި އޮންނާނީ ނިދާފައި ކަމަށެވެ. އެކި އެއްޗެހި ފެންނަހެން ހީވަނީ އެހެންވެގެން ކަމަށްވެސް އެބޭފުޅުން ބުނެފައިވެއެވެ.

ނަމަވެސް ސްލީޕް ޕެރެލައިސިސް އަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ވެސް ސިއްޙީ ގޮތުން ދިމާވާ ކަމެއްކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ. އެބޭފުޅުން ބުނި ގޮތުގައި، އާއްމުކޮށް މިކަން ދިމާވަނީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހުންނަށާއި މާބޮޑަށް ކަންތައްތަކާއި ފިކުރުކުރާ ފަރާތްތަކަށެވެ.

އެމެރިކަން އެކެޑެމީ އޮފް ސްލީޕް މެޑިސިން އިން ބުނި ގޮތުގައި ސްލީޕް ޕެރެލައިސިސް އެންމެ ފުރަތަމަ ޖެހެނި އުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގައެވެ. އަދި މިކަމަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ދިމާވެދާނެ ކަމެކެވެ.

ސްލީޕް ޕެރެލައިސިސް ޖެހުމުން ދިމާވާ ބައެއް ކަންތައްތަކަކީ، ކުރިން ވެސް ބުނި ފަދައިން އަތްފައި ހަރަކާތް ނުކުރެވުމާއި، ކައިރީގައި މީހަކު ހުރިހެން ހީވުމުގެ އިތުރުން ނޭވާލާން ވެސް އުނދަގޫ ވުމެވެ.

މިކަމުން ޙައްލެއްގެ ގޮތުން ކަމާއިބެހޭ މާހިރުން އިރުޝާދު ދީފައިވަނީ، ކަންކަމާއި މާބޮޑަށް ފިކުރު ނުކުރުމަށާއި ތިމާގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ދިނުމަށެވެ. މާބޮޑަށް ވިސްނަންޖެހެ ކަމަކާއި ދިމާވުމުން، ތިމާ ހިތްހަމަ ޖެހޭނެ ކަހަލަ ނުވަތަ ހިތް އުފާވާނެ ކަހަލަ ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެބޭފުޅުން ލަފާ ދެއްވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ