އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑީއާގެ މޯހަން ބަގާންއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ވެލެންސިއާ ބަލިވެއްޖެ

އިންޑީއާގެ މޯހަން ބަގާންއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ވެލެންސިއާ ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑީއާގެ މޯހަން ބަގާންއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ވެލެންސިއާ ބަލިވެއްޖެއެވެ.

މިއަދުގެ މެޗު 4-1 އިން މޯހަން ބަގާން ކާމިޔާބު ކުރި އިރު، މޯހަން ބަގާން ކުރި ހޯދީ ދެ ލެގުން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ނަތީޖާ އާއެކު ވެލެންސިއާ ވަނީ ކަޓާފައެވެ.

މި މުބާރާތުގެ ސައުތު އޭޝިއާ ޒޯނުގެ ގްރޫޕް ސްޓޭޖުން މޯހަން ބަގާންޖާގަ ހޯދާފައިވާ އިރު، އެ ޓީމު ބައްދަލުކުރަން ޖެހޭނީ ރާއްޖޭގެ ޗެމްޕިއަންމާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަންޑާކާ އަބަހާނީއާ އެވެ.

މިއަދުގެ މެޗުގައި މޯހަން ބަގާންގެ ހަތަރުލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ އިންޑިއާ ޤައުމީ ޓީމުގެ ފޯވާޑްޖޭޖޭ ލާލްޕެކްލުއާ އެވެ. އަނެއް ލަނޑު ޖެހީ ސޮނީ ނޯޑޭ އެވެ.

ކަލްކަތާގެ ރަބިންދުރަ ސަރޯބާރްސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިބުނު ޕެނަލްޓިއަކުން ޖޭޖޭ ފުރަތަމަ ލަނޑު ޖަހއިދިން އިރު، މެޗުގެ 52 ވަނަ މިނިޓްގައި ވެސްޓްގެ ލަނޑުންވެލެންސިއާ އުއްމީދު އާކޮށްފައެވެ.

ނަމަވެސް މެޗުގެ ފަހު ދިހަ މިނިޓް ތެރޭގައިމޯހަން ބަގާނުން އިތުރު ދެ ލަނޑު ޖެހުމެވެ. މެޗުގެ 82 ވަނަ މިނިޓްގައިޖޭޖޭ ވަނީ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ފަހު ލަނޑުޖެހީ 87 ވަނަ މިނިޓްގައި ނޯޑޭ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް