އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. އެޓޯލް ޔުނިޓީ ކަޕް ފަށައިފި

ބ. އެޓޯލް ޔުނިޓީ ކަޕް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ބ. އެޓޯލް ޔުނިޓީ ކަޕް އިއްޔެ ފަށައިފިއެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގެ މި މުބާރާތުގެ ފުރަތަމަ މެޗުގައި މާޅޮސް ޔޫތް ކްލަބާއިފެއިމްސް ޔުނައިޓެޑް ބައްދަލުކޮށް 1-6 ން ކާމިޔާބުކުރީ ފެއިމްސްޔުނައިޓެޑުންނެވެ. މިމެޗުގައި މާޅޮސް ޓީމުގެ އަހުމަދު ޝިރުހާން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހާ ލީޑު ނަގައިދީފައެވެ.

ނަމަވެސް ދެވަނަ ހާފުގައި ފެއިމްސް ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންރަގަޅުކޮށް، ނަތީޖާ 1-6 އަކަށްބަދަލުކޮށްލާފައެވެ.އެޓީމުގެ ޢަބްދުލްމަޖީދު (މަޖިއްޓޭ) އާއި ޢަބްދުއްސަލާމް ކޮންމެ ކުޅުންތެރިއެއް 2 ލަނޑު ޖަހާފައިވާ އިރު، އިތުރު ލަނޑުތައް ޖަހާފައިވަނީ އަހުމަދު ލަތީފް އާއި މުހައްމަދު ރަޝީދުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަންބަރު 9 އަބްދުލް ސަލާމް ހާމިދެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ކޮކޯޕާމް ރިސޯޓާއި ރީތި ބީޗް ރިސޯޓު ބައްދަލުކޮށް 1-2 ލަނޑުން ކާމިޔާބުކުރީ ކޮކޯޕާމް ރިސޯޓުންނެވެ. ކޮކޯޕާމް އިން ޖެހި 2 ލަނޑުވެސް ޖަހައިދިނީ އާސިފް އުސްމާންއެވެ. ރީތި ބީޗުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު އިފްހާމްއެވެ.މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮކޯޕާމް ރިސޯޓުގެ ޖާރޒީ ނަމްބަރ 9 އާސިފް އުސްމާނެވެ.

މި މުބާރާތުގައި މިއަދު ހަވީރު 16:05 ގައި ބައްދަލުކުރާނީ ރޯޔަލް އައިލެންޑް ރިސޯޓާއިކުޑަރިކިލުގެ އެކުވެރި ގައިޒް ޓީމެވެ. ދެވަނަ މެޗުގައި 17:05 ގައިއެންމެފަހުގެ ޗެންޕިއަން ސޮނެވާފުއްޓާއި ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑްވީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް