އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިޒަމް އިތުރުވަނީ ޓްރަމްޕްގެ ސަބަބުން: މުސްލިމުންނާ ކްރިސްޓިއަނުން

ޓެރަރިޒަމް އިތުރުވަނީ ޓްރަމްޕްގެ ސަބަބުން: މުސްލިމުންނާ ކްރިސްޓިއަނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

މިޞުރާއި އަދި އެހެންވެސް ޤައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތައް މިހަރު އިތުރުވަމުން އަންނަނީ އެމެރިކާގެ ރައީސް ޓްރަމްޕް މުސްލިމުންނާމެދު އަމަލުކުރާ ގޮތާއި ދައްކާ ހަރުކަށި ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ސަބަބުން ކަމަށް އިސްލާމީ އަދި ކްރިސްޓިއަން ދީނުގެ އިލްމްވެރިން ހާމަކޮށްފިއެވެ.

މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި މަހާސިންތާގައި އިލްމްވެރިން ވިދާޅުވެފައިވަނީ ޓްރަމްޕްގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން މުސްލިމުން އަންނަނީ ރުޅިގަދަވަމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހަރުކަށި އަމަލުތައް ހިންގުން އިތުރުވަނީ ކަމަށެވެ.

މަހާސިންތާއަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމާއި އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި ޓެރަރިޒަމާއި އިސްލާމް ދީނާއި ނުގުޅުވޭނެ ކަމަށެވެ. ފުރިހަމަ މުސްލިމަކު ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެސް ނުވާނެ ކަމަށެވެ. "އިސްލާމް ދީނަކީ ކަނޑައެޅިގެން ޓެރަރިޒަމް މަާކުރާ ދީނެއް. މާތްﷲ ވަނީ ޓެރަރިޒަމް ނަހީކުރައްވަވާފަ."

ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޝައިޚުލްއަޒްހަރު އަޙްމަދު ޠައްޔިބް ވިދާޅުވީ ޓެރަރިޒަމާއި އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ ގުޅުވޭނެ ކަންކަން ވެސް ނޫން ކަމަށެވެ. ޝައިޚް ވަނީ ކީރިތި ޤްރްއާނަށް ބޯލަނބައި ޓެރަރިޒަމްގެ އަމަލުތައް ހިންގުން ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް