އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲގެ ލަޢުނަތުން ސަލާމަތްވޭ- ޖިންސާ ނުގުޅޭ ހެދުން ލުން ހުއްޓާލާ!: ޝައިޚް މަންޞުރު

ﷲގެ ލަޢުނަތުން ސަލާމަތްވޭ- ޖިންސާ ނުގުޅޭ ހެދުން ލުން ހުއްޓާލާ!: ޝައިޚް މަންޞުރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

އަންހެނުން ފިރިހެނުންގެ ހެދުން ލުމާއި ފިރިހެނުން އަންހެނުންގެ ހެދުންލުމަކީ މާތްﷲ ލައުނަތް ލެއްވެވި ކަމެއް ކަމަށްވާއިރު އެފަދަ ނުބައިކަން ބޮޑު އަމަލުތައް ނުކުރުމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ގޮވާލައްވައިފިއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ދެ ޖިންސުގެ ތަފާތުކަމަށް ސަމާލުކަން ދޭންވީ ހެދުން ލުމުގައި އެކަނި ނޫން ކަމަށާއި ދިރިއުޅުމުގައިވެސް އަންހެނުންނާއި ފިރިހެނުން އަމަލުތައް ބަހައްޓަންޖެހޭނީ ތަފާތުވާ ގޮތަށް ކަމަށެވެ. ޒީނަތްތެރިވެ އުޅުމުގައިވެސް ދެޖިންސު ތަފާތުވާންޖެހޭ ކަމަށެވެ.

ޝަައިޚް މަންޞޫރު ވިދާޅުވީ ފިރިހެނުން ކަންފަތް ތޮރުފުމާއި ނޭފަތް ތޮރުފުން ފަދަ ކަންކަން ކޮށްގެންނުވާނެ ކަމަށެވެ. އެތަންތަނުގައި ބޮޅު ލެއްވުން ފަދަ ކަންތައް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމަށާއި އަތުގައި ފާޑުފާޑުގެ އުޅާ އެޅުން ފަދަ ކަންކަމަކީވެސް ކޮށްގެންވާނެ ކަންކަން ނޫން ކަމަށެވެ.

މައިން ބަފައިން މިފަދަ އަމަލުތައް ކުރާނަމަ އެކަން ދަރިން ދަސްކުރާނެ ކަމަށާއި އެއީ ދަރިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެއް ކަމަށްވެސް ޝައިޚް މަންޞޫރު ވިދާޅުވިއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަކީ މީސްތަކުންގެ މައްޗަށް އެންމެ ދީލަތި އަދި އެންމެ އޯގާތެރި ސާޙިބާ ކަމަށެވެ. އެއްވެސް މީހަކަށް ހައްޤު ނޫން އަދަބެއް ނުދެއްވާ ބޭކަލެއް ކަމަށާއި އެންމެ ކުޑަމިނުން ޙައްޤު ނޫން ބަސްފުޅެއްވެސް ވިދާޅުނުވާ ބޭކަލެއް ކަމަށެވެ. ހަމަ އެއާއިއެކު މީސްތަކުންނަށް ހެޔޮކޮށް ހިއްތެވުމުގައި ދުނިޔެ ދެކެފައިވާ އެންމެ ފުރިހަމަ ނަމޫނާ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އެހުރިހައި ކަންކަމާއިއެކުވެސް ޖިންސާ ނުގުޅޭ ގޮތަށް އަމަލުތައް ބެހެއްޓިި މީހަކު މަދީނާ އިން ބޭރުކޮށްލެވުނު ކަމަށެވެ. އަދި ފަހުން އޭނާ ބަނޑަށް މަރުވެދާނެކަމުގެ ބިރަށް ކޮންމެ ހުކުރު ދުވަހަކު އެކަނި މަދީނާއަށް އަރަން ހުއްދަ ދެއްވި ކަމަށެވެ.

މިއީ ކަން އޮތް ގޮތެވެ. އެފަދަ މީހުންނަކީ މުޖުތަމައުގައި ގެން ގުޅެންވެސް ހެޔޮނުވާވަރުގެ ނުބައި ބައެއްކަން ޝައިޚް މަންޞޫރުގެ ދަރުސްއިން ޔަޤީންކުރެވޭއިރު އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިކަންކަން އޮތްގޮތާއިމެދު ކަންބޮޑުނުވާނަމަ ކަންބޮޑުވާން އޮތީ ކޮން ކަމެއް ބާވައެވެ.

މި ކަންކަމުން އެނެގެނީ އަންހެނުން އުޅޭގޮތަށް އުޅޭ ފިރިހެނުންނާއި ފިރިހެނުން އުޅޭގޮތަށް އުޅޭ އަންހެނުންނަށް ވެރިކަމުގެ ފަރާތުން ފިޔަވަޅު އަޅަންޖެހޭނެ ކަމެވެ. ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެވަނީ ފިޔަވަޅު އަޅުއްވައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓޭނީ އިތުރު އެކަލޭގެފާނުގެ ސުންނަތުގައި ފުރިހަމައަށް ހިފަހައްޓައިގެންނެވެ. އެއީ ކީރިތި ޤްރްއާނުން ސާބިތުވާ ކަމެކެވެ. އެހެންކަމާއިއެކު ވެސް އެއްވެސް ޒަމާނެއްގައި ރާއްޖޭގައި މިފަދަ އެއްވެސް ކަމަކަށް އެއްވެސް މިންވަރަކަށް ވެރިކަމުގެ ފަރާތުން އަޅައިނުލާކަން އަންގައިދެނީ ކޮންކަމެއްބާވައެވެ!

ސައުދިއަަރބިޔާ ޔޫއޭއީ ފަދަ ޤައުމުތަކުގައި މިބާވަތަށް އުޅޭ މީހުން ހައްޔަރުކޮށް އަދަބުދެއެވެ. މިފަދަ މީހަކަށް ސައުދިއަަރބިޔާއިން ވަނީ ދާދިފަހުންވެސް ހުކުމް އިއްވައިފައެވެ. 800 އެތިފަހަރުން ތައުޒީރުކުރުމަށާއި 2 އަހަރު ދުވަހަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖުރުމަނާކުރުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް