އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ އިންވެސްޓަރސް ފޯރަމް ވަކި ތާރީޚެއް ނެތްގޮތަށް ފަސްކޮށްފި

އައްޑޫ އިންވެސްޓަރސް ފޯރަމް ވަކި ތާރީޚެއް ނެތްގޮތަށް ފަސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އައްޑޫސިޓީގައި މިއަދު ފެށުމަށް ތާވަލުކޮށްފައިވާ "އައްޑޫ އިންވެސްޓަރސް" ފޯރަމް ވަކި ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މި ފޯރަމް ފަސްކުރި ސަބަބު ސާފުވާގޮތް ނުވާ އިރު، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބާއްވާ މި ފަސްކޮށްފައިވާކަން ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ފޯރަމްގެ މަޤުޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވުމަށް ނިންމާފައިވާ އިރު، އޭގެ ތެރޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.

އިންޓެގްރޭޓެޑް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިއަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް އައްޑޫސިޓީގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ފޭދޫ ހިއްކި ސަރަހައްދާއި މީދޫ މުލިމަތޮ، އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަހައްދާއި ހިކިހެރަ ސަރަހައްދާއި ހުޅުދު އާއި މަރަދޫންވެސް ޓޫރިޒަމް ތަރައްޤީކުރަން ބިންތަކެއް ވަނީ ކަނޑައަޅާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް