އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައޫދީ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ...

ސައޫދީ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ސައުދީ އަރަބިއްޔާގެ ޤައުމީ އެއަރލައިން (ސައުދިއާ) އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

ސައުދީގެ ނޫހެއް ކަމަށްވާ އެރަބް ނިއުސްއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު، ޢަބްދުﷲ ހަމީދު ވިދާޅުވީ ސައުދިއާ އިން ރާއްޖެއަށްކުރާ ދަތުރުތައް ދެ ގުނަ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަފްތާއަކު ހަތަރު ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ފްލައިޓްތައް ބާއްވާނީ ޖިއްދާއިން މާލެއަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާ ކަމަށާއި ސައުދީ އާއި ރާއްޖެއާ ދެމެދު އިތުރު ދެ ފްލައިޓް ބޭއްވުމުން ރާއްޖެއަށް އަންނަ ސައުދީ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.

ސަފީރު މިހެން ވިދާޅުވެފައިވާ އިރު، ސައޫދީ އެއަރ ލައިނުންވެސް ވަނީ ޖިއްދާ އާއި ރާއްޖެ އާދެމެދު ސީދާ ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް ފަށާނެ ވަކި ތާރީޚެއް އަދިހާމައެއް ނުކުރެއެވެ.

ފާއިތުވި އަހަރުގެ މާރިޗު 30 ގައި ސައުދީ އެއަރ ލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ އިރު، ރިޔާދުން ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓް އަންނަނީ ބާއްވަމުންނެވެ.
2015 ވަނަ އަހަރު 15,749 ފަތުރުވެރިން ސައުދީން ރާއްޖެއަށް އައިސްފައިވާ އިރު، މިދިޔަ އަހަރު އެ ޢަދަދު ވަނީ 21,944 އަށް އަރާފައެވެ. މިއީ 39.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް