އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯޯ ސްޕަމާޓް ކޭކް އެންޑް ވެފަރސް ފެސްޓް 2017, 200 އައިޓަމާއިއެކު ފަށައިފި

އެސްޓީއޯޯ ސްޕަމާޓް ކޭކް އެންޑް ވެފަރސް ފެސްޓް 2017, 200 އައިޓަމާއިއެކު ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު


އެސްޓީއޯޯ ސްޕަމާޓް ކޭކް އެންޑް ވެފަރސް ފެސްޓް 2017, ތަފާތު 15 ބްރޭންޑުގެ 200 އައިޓަމާއިއެކު ފަށައިފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ސްޕަމާޓުގައި މިއަދު ހެނދުނު ބޭއްވި ަރސްމިއްޔާތުގައި އެސްޓީއޯގެ ސީނިއަރ ޖެނމެރަލް މެނޭޖަރ ފާޠިމަތު އާޝާޭން ވިދާޅުވީ މިފެސްޓުގައި އެސްޓީއޯގެ އިތުރުން މިފަދަ ބާވަތްތައް އެތެރެކޮށް ވިއްކާ 6 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.
އާޝާން ވިދާޅުވީ މި ފެސްޓްގެ ތެެރއިން ކޭކް އާއި ވެފަރސްގެ ތަފަތު އިތުރު ބާވަތްތައް ރާއްޖެއަށް ތޢާރަފްކުރެވޭނެ ކަމަށާއި މިއަދުވެސް އެސްޓީއޯ އިން ތަފާތު ދެ ވައްތަރެއް އަލަށް ތައާރަފްކުރާނެ ކަމަށެވެ.
އާޝާން ވިދާޅުވީ ފެސްޓް ކުރިއަށްދާއިރު ކޮންމެ ދުވަހަކުވެސް ހަވީރު ރަހަ ދައްކާނެ ކަމަށެވެ. އެގޮތުން ކޮންމެ ކުންފުންޏަކުންވެސް 2 ދުވަހު ރަހަ ދައްކާނެ ކަަމށާއި މިއަދު ރަހަދައްކާނީ އެސްޓީއޯ އިން ކަމަށެވެ.
ޖަރުމަނުވިލާތުން އެތެރެކޮށް އެސްޓީއޯއަށް އެތެރެކޮށް މާކެޓްކުރާ ކްއިކްބަރީސް މަރުކާގެ އިތުރު އުފެއްދުންތައް ވެސް މި ފެސްޓްގައި ތަޢާރަފްކުރާނެއެވެ. މިއީ ދުނިޔޭގެ މިފަދަ ބާވަތްތަކަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅު އެއް ބާވަތެވެ. ހަކުރުބަލީގެ މީހުންނަށް ބޭނުންކުރެވޭ ބާވަތްތައް އެމަރުކާއިން ލިބެންހުރެއެވެ.

މިފެސްޓްގައި ބައިވެރިވަނީ އެސްޓީއޯ ސްޕަމާޓުގެ އިތުރުން، 3ވޭ، އޭޑީކޭ ޖެނެރަލް ޓްރޭޑިންގ، ޕިރަމިޑް، އިޔުރޯ ސްޓޯރ، ސީންކޯ އަދި ލޮޓަސް ހިމެނެއެވެ.

ފެސްޓްގެ ބައިވެރިން ބުނީ އެކުންފުނިތަކުން އެތެރެކުރާ މުދަލުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓްކުރަން މިއީ ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ހިންގުމުން ކުންފުނިތަކުގެ މެދުގައިވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
މިއަދު ހަވީރު 4:00 ގައި އެސްޓީއޯ ސްޕަމާޓުން އިތުރު ބްރައުނީސްގެ އިތުރު 2 ބާވަތެއް ތަޢާރަފްކޮށް ރަހަދެއްކުން ކުރިއަށް ގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް