އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑަމް ފާތުން އިސްނަންގަވައިގެން 11،000 އަށް ވުރެ ގިނަ މީހުން ޕީޕީއެމް އަށް އިތުރު ކޮށްފި

މެޑަމް ފާތުން އިސްނަންގަވައިގެން 11،000 އަށް ވުރެ ގިނަ މީހުން ޕީޕީއެމް އަށް އިތުރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު



ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން، ސަރުކާރު ހިންގަވާ ޕާޓީ ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރުމަށް، ފެއްޓެވި ޕްރޮގްރާމްގެ ދަށުން 11،000 އަށް ވުރެ ގިނައަދަދަކަށް މީހުން އެޕާޓީއަށް ވަނީ އިތުރުވެފައެވެ.

މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވީ ފަސްޓް ލޭޑީ މެޑަމް ފާތުން އިސްނަންގަވައިގެން މިފެއްޓެވި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ހަރަކާތް ބޭއްވީ ހުޅުމާލޭގައި ކަމަށާއި އެހަރަކާތުގައި އެއްދުވަސް ތެރޭގައި 1030 މެމްބަރުން ޕީޕީއެމް އަށް އަލަށް ގުޅި ވަޑައިގެންނެވި ކަމަށެވެ. ދެވަނަ މަސައްކަތް ބޭއްވީ މީގެ ދެތިން ހަފްތާ ކުރިން މާލޭގައި ކަމަށާއި އެހަރަކާތުގައި ގާތްގަނޑަކަށް 250 ޓީމު ޕީޕީއެމް އިން ބައިވެރިކުރި ކަމަށާއި އަދި އެދުވަހު 11،031 މެމްބަރުން ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެންނެވި ކަމަަަށް ވެސް އިއްޒަތްތެރި މެމްބަރު ވިދާޅުވިއެވެ.
"އޭގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މިއަދު އިލެކްޝަންސް ކޮމިޝަނަށް މި ހުށަހަޅަނީ ގާތްގަނޑަކަށް 9000 އާއި ގާތްކުރާ އަދަދަކަށް މެމްބަރުންގެ ފޯމު. މިއީ ހަމަ ސައްޙަ ފޯމު. އޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި މިފޯމުތަށް ބަލައި ރަނގަޅަށް ޗެކުކޮށް އިތުރު ޕާޓީ އެއްގެ މީހުން ތިބިތޯ އާއި ސައްޙަ ނޫން މެމްބަރުން ތިބިތޯ ބަލާ ޗެކް ކޮށްފަ މިއަދު މިފޯމުތަށް މިހުށަހަޅަނީ" އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ފޯމުތަކާއި އަލަށް ހުށަހަޅާ ފޯމުތަށް ޕްރޮސެސް ކުރުމަށްފަހު ޕީޕީއެމްގެ ޖުމްލަ މެމްބަރުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 70،000 އާއި ގާތްކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ އެބޭފުޅުން ޕީޕީއެމް އަށް މިގުޅި ވަޑައިގަންނަވަނީ ޕާޓީ ދެކެ ވާ ލޯބިންނާއި އަދި ރައީސް ޔާމީން މިޤައުމަށްޓަކައި ކޮށްދެއްވާ ޚިދުމަތްތަށް ޤަބޫލުކޮށްގެން" މެމްބަރު ފަލާޙް ވިދާޅުވިއެވެ.

މީގެ އިތުރުން އިނގުރައިދޫ ގެ އިއްޒަތްތެރި މެމްބަރު ވިދާޅުވީ "އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް އަދި ޕީޕީއެމްގެ ނައިބު ރައީސް ކުރީ ދުވަހެއްގެ ރައްޔިތުނގެ މަޖިލީހުގައި ވިދާޅުވި އެއްޗަކާއި ގުޅިގެން އެމްޑީޕީ ބަޔަކު އެއާއި ވިއްދާފައި ނިކުތީ ފޯމު ފުރަން. އެމްޑީޕީ އިން އެކަމާއި ގުޅިގެން ދިން އިންޓަރވިއުގައި ބުނެފައިވަނީ ތިމަންނަމެން ތިން ދުވަހު، ކޮންމެ ދުވަހަކު ފަސް ގަޑީރު މަސައްކަތް ކޮށްގެން އަބްދުއްރަޙީމް އަށް ދައްކަން މިއޮތީ 113 ފޯމު ފުރާފަ" ކަމަށާއި "ނަމަވެސް އަޅުގަނޑުމެން މިއޮތީ އެއްދުވަހެއް ތެރޭގައި 11000 މެމްބަރުން ޕީޕީއެމް އަށް ވެއްދިފަ" ކަމަށެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ