އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ރޯދަމަހަށް ކަރާ ހެއްދުމުގެ މަސައްކަތް ތޮއްޑޫއިން ފަށައިފި

މިއަހަރުގެ ރޯދަމަހަށް ކަރާ ހެއްދުމުގެ މަސައްކަތް ތޮއްޑޫއިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް ގާތްވުމުން އެންމެ ފުރަތަމަވެސް ހަނދާނަށް އަންނާނީ އއ. ތޮއްޑޫ ކަރާގެ މަތިންނެވެ.

ރޯދަ ވީއްލާ ވަގުތު ކަރާ ފަނި ތައްޓެއް ނެތިއްޔާ އެދުވަހެއްގެ ރޯދަ ވީއްލުމުގެ އަލާކެނޑޭ ކަމަށްވެސް ނުވާނެއެވެ. ކުރިއާއި އަޅާބަލާ އިރު، ޢާންމު ގޮތެއްގައި ކަރާ ލިބެން ހުރު ނަމަވެސް މިދެންނެވިހެން ރޯދަމ މަހު ތޮއްޑޫ އިން ލިބޭ ކަރައިގައި އެހުންނަ އަރާމުކަމެއް އެހެން ކަރައިގާ ނުހުންނަކަން މިއީ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

ކޮންމެ އަކަސް މި އަހަރުގެ ރަމަޟާން މަހުވެސް ތޮއްޑޫގައި ކަރާ ހައްދާ ދަނޑުވެރިން މިވަނީ އެ މަސައްކަތް ފަށާފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާލެ އާއި ރިސޯޓުތަކަށް އަދި އެހެން ރަށްތަކަށްވެސް ދަތިކަމެއް ނެތި ތޮއްޑޫ ކަރާ ފޯރުކޮށްދިނުމަށް އެވެރީން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ތޮއްޑޫގެ ނަވާރަ ސަތޭކައަށް ވުރެ ގިނަ ދަނޑުވެރިން ސަތޭކައަށްވުރެ ގިނަ ދަނޑުތަކުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ފަށާފައިވާ އިރު، އެރަށު ކައުންސިލުން ބުނީ ކަރާ ދަނޑުތަކުގައި "ކަރާއޮށް" އިންދުމުގެ ފުރުޞަތު މި މާރިޗު މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއްމަސްދުވަސް ވަންދެން އޮންނާނެ ކަމަށެވެ.

ކަރާގެ މަސައްކަތަށް ޚާއްޞަ ސަރަހައްދަކުން 2،103،200 އަކަފޫޓު ދޫކޮށްފައިވާ އިރު، ފާއިތުވި އަހަރުވެސް 19,000 ޓަނަށްވުރެ ގިނަ ކަރާ ވަނީ މާލެއަށް ގެނެސްފައެވެ. އަދި މިއަހަރު އެ ޢަދަދު އިތުރު ކުރުމަށް ދަނޑުވެރިން އެތިބީ ފޫގަޅާކައިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް