އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކަށާއި ޖަމިއްޔާތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާދެނީ

ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކަށާއި ޖަމިއްޔާތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކަށާއި ޖަމިއްޔާތަކަށް އެ އަތޮޅު ކައުންސިލުން ހިލޭ އެހީގެ ގޮތުގައި ފައިސާދިނުމަށް ނިންމައިފިއެވެ.

މިގޮތުން ބ. އަތޮޅޫ ކައުންސިލުގެ 2 ވަނަ ދައުރުގެ 143 އަދި 147 ވަނަ ޖަލްސާގައި މަޝްވަރާ ކުރުމަށްފަހު، މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ 34,800/= ރުފިޔާގެ ހިލޭ އެހީ ދިނުމަށެވެ.

ބ. އަތޮޅޫ ކައުންސިލުން ނިންމާފައިވަނީ ކުޑަރިކިލު ކައުންސިލަށް -/12000ރ ގެ އެހީއެއް ދޭންނިންމާފައިވަނީ އެރަށުގެ ބަނދަރުގައި ދަތުރުވެރިންނާއި ރަށުރައްޔިތުން މަޑުކޮށްލައިގެން ތިބޭނޭ ޢިމާރާތެއް ހެދުމަށެވެ.އޭދަފުށީ ކްލަބްދަ ބިގިނަރސް އާއި ފެހެންދޫ ކައުންސިލް އިދާރާ އާއި މާޅޮހު މާރެސް ޖަމްއިއްޔާ އާއިކެންދޫ ކައުންސިލް އިދާރާ އަދި ކުޑަރިކިލު އަންހެނުންގެ ކޮމެޓީއަށް ޖުމްލަ 22,800/= ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ކްލަބް ދަ ބިގިނަރސްއަށް 6000/= ރުފިޔާ ދިނުމަށް ނިންމީ އެޖަމްއިއްޔާއިންއޭދަފުށީގައި ބާއްވާ ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޚަރަދުތަކަށެވެ. ފެހެންދޫކައުންސިލަށް -/5000ރ އެރަށުގައި އަޅާ ޕާކެއްހެދުމަށް ދީފައިވާ އިރު، މާޅޮހު މާރެސް ޖަމްއިއްޔާއަށް -/4000ރ ގެ އެހީދޭން ނިންމީއެޖަމްއިއްޔާއިން ބާއްވާ ވޮލީ މުބާރާތަށް އެހީވުމަށެވެ.

ކުޑަރިކިލުއަންހެނުން ކޮމެޓީއަށް -/2800ރ ގެ ދެނީ މިއަހަރުގެއަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކަށް ޚަރަދުކުރަން ދިން އިރު، ކެންދޫ ކައުންސިލަށް -/5000ރ ގެ އެހީއެއް ދިނުމަށް ނިންމީ އެރަށު ހުކުރު މިސްކިތުގައި ކާޕެޓްއެޅުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންކަމަށް ބ. އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.

ބ. އަތޮޅު ކައުންސިލުގެ މެމްބަރަކު މިއަދު ނޫހަށް ވިދާޅުވީ ފައިސާގެ އެހީ ދޭން ނިންމި ކައުންސިލު އިދާރާތަކާއި ޖަމިއްޔާތަކަކީ އެފަދަ އެހީތެރިކަމަށް އެދިފައިވާ ފަރާތްތައް ކަމަށެވެ.

އެހެންނަމަވެސް މިއެހީދެނީކައުންސިލްގެ ކޮން ބަޖެޓަކުންކަމެއް އެއިދާރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ޔައުމިއްޔާއަކުން ކަމެއް އަދި މިކަން ފާސްކުރުމަށްވޯޓް ދެއްވި މެމްބަރުންގެ ތަފްޞީލެއްވެސް އެނގޭކަށް ނެތެވެ.ބ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވާ އިރު، ދާދިފަހުން އޭދަފުށީ ކައުންސިލުންވެސް ވަނީއެރަށު 2 ޖަމްއިއްޔާއަކަށް އެހީގެ ގޮތުގައި ޖުމްލަ -/18000ރގެ އެހީއޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން ދޭން ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް