އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޓީބީ ފެއާރ މާދަމާ ފަށަނީ...

އައިޓީބީ ފެއާރ މާދަމާ ފަށަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ޖަރުމަން ވިލާތުގެ ބާލިންގ ގައި ބާއްވާ އިންޓަރނޭޝަން ޓޫރިޒަމް އެކްސްޗޭންޖް ފެއާރ (އައިޓީބީ) މާދަމާ ފަށާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފިއެވެ.

މިފަހަރުގެ ފެއާރގައި 187 ޤައުމަކުން 10،000 އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާ އިރު، ފެއާރ ބާއްވާ ސަރަހައްދުގެ ބޮޑު މިނުގައި 160.000 އަކަ މީޓަރު ހުރެއެވެ.

ރާއްޖޭގެ 88 ކުންފުންޏަކުން މި ފެއާރގައި ބައިވެރިވާ އިރު، މިއީ ދުނިޔޭގެ ޓޫރިޒަމް މާކެޓު އެއްތަނަކަށް ގެނެސް އެ ދާއިރާގެ ވިޔަފާރީގެ ބޮޑެތި ޑީލުތަކެއް ނިންމާ ފެއާރ އެކެވެ.

ކޮންމެ އަހަރަކުވެސް 120،000 އަށް ވުރެ ގިނަ ވިޔަފާރި ވެރިންނާއި އަމިއްލަ ފަރާތްތަކުން އެ ފެއާރއަށް 60،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާ އިރު، ކޮންވެންޝަން ވިޒިޓަރުންގެ ގޮތުގައިވެސް 26،000 މީހުން ޒިޔާރަތް ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް