އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ބަލިތައް މަދުވުމުން ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: ހެލްތް މިނިސްޓަރ

ރާއްޖޭގަ ބަލިތައް މަދުވުމުން ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ރާއްޖޭގައި ބަލިތައް މަދުވުމަކީ ރާއްޖޭގެ ފަތރުުވެރިކަމަށް އެކަމުން ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މުވއްޒިފުންނަށް މީސްކލްސް ވެކްސިން ޖަހަން ފެށުމަށް މިއަދު ހެނދުނު އެސްޓީއޯ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގައި މީސްލްސް ފަަދަ ބަލިތައް މަދުވުމުން ފަތުރުވެރިންނަށް އިތުރު ހިތްހަމަޖެހުން ލިބޭނެ ކަަމަށެވެ. ފަތުރުވެރިން ބޭނުންވާނީ ވީހައި ބަލިތައް މަދު ޤައުމުތަކަށް ޒިޔާރަތް ކުރަން ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއިން މިހާރުވެސް ޕޯލިއޯ، ފައިލޭރިއާ އަދި މެލޭރިއާ އެކުގައި ނައްތައިލެވިފައިވާއިރު ނައްތާލެވިފައިވާ ބަލިތަކުގެ ލިސްޓަށް މީސްލްސް އިތުރުކުރެވުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ޤައުމުގެ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މީސްލްސް ނައްތައިލުމަށް ހިނަގަމުން ގެންދާ ކެންޕޭނަށް ރައްޔިތުންގެ ތަރުޙީބު ބޮޑު ކަމަށެވެ. އަދި ޑަބްލިޔޫއެޗްއޯ އިން ބަަލންޖެހޭ ބެލުންތައް ބަލައި ނިންމައި ރާއްޖެއަކީ މީސްލްސް ނެތް ޤައުމެއް ކަަމަށް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް