އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އެކުވެރި ގައިޒް އާއި ކިންގސް ޔުނައިޓެޑް ކާމިޔާބުކޮށްފި

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އެކުވެރި ގައިޒް އާއި ކިންގސް ޔުނައިޓެޑް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ބ. އަތޮޅު ޔުނިޓީ ފުޓްސަލް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އެކުވެރި ގައިޒް އާއި ކިންގސް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު ދެ މެޗުގެ ތެރެއިން ދަރަވަންދޫ ކިންގސް ޔުނައިޓެޑާއި ރީތިބީޗު ބައްދަލުކުރި މެޗު ކިންގސް ޔުނައިޓެޑުން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މި މެޗުގައި ކިންގސް ޔުނައިޓެޑުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަނިލް، އީމާން އިލްޔާސް، އިސްމާއިލް އަޒްހަރު އަދި އައިމަން މުޙައްމަދު ވަޙީދެވެ. ރީތިބީޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙުމަދު އިފްހާމްއެވެ. މިމެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ކިންގސް ޔުނައިޓެޑުގެ އީމާން އިލްޔާސް އެވެ.

ދެވަނަ މެޗުގައި ކުޑަރިކިލު ގައިޒް އާއި އަނަންތަރާ ކިހަވަށް ބައްދަލުކުރި މެޗު 3-1 ލަނޑުން ކާމިޔާބުކުރީ އެކުވެރި ގައިޒް އެވެ. އެކުވެރި ގައިޒްގެ ލަނޑުތައް ޖަހައިދިނީ ހުސައިން ނަޒީހް އާއި ހުސައިން ހަނާން އެވެ. ސްޓްރައިކަރސް ގެ ލަނޑު ޖަހައިދިނީ އަޙުމަދު އުޝާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަށް ހޮވުނީ ގައިޒް ޓީމަށް ދެލަނޑު ޖަހައިދިން ހުސައިން ހަނާން އެވެ.

މި މުބާރާތުގެ ކްއާޓަރ ފައިނަލު މެޗުތައް މާދަމާ ފަށާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް