އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޕީއެމް ޓިކެޓްގައި މާލެސިޓީ ކައުންސިލަށް ކުރިމަތިލާ ގަދަ 13 އިއުލާނުކޮށްފި

ޕީޕީއެމް ޓިކެޓްގައި މާލެސިޓީ ކައުންސިލަށް ކުރިމަތިލާ ގަދަ 13 އިއުލާނުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

"ގަދަ 13"ގެ ނަމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުން އިއުލާނުކޮށްފިއެވެ.

ކެންޑިޑޭޓުން އިއުލާނުކުރުމަށް މިރޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް އާއި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ހުރިހާ ކެންޑިޑޭޓންވެސް ބުނީ އެމީހުން ކުރިމަތިލީ ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް މާލެ ސިޓީއަށް ތަރައްޤީ ގެނެސްދިނުމަށާއި ސަރުކާރުގެ ތެރެއިން މާލެ ސިޓީއަށް ކުރިއެރުން ހޯދަން ކަމަށެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ވިދާޅުވީ ވިދިވިދިގެން 2 ދައުރު މާލެސިޓީ ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން ވެސް މާލެ ސިޓީއަށް ގެނެސްދިން އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. ކަމެއް ކުރިއްޔާ ކުރަނީ ސަރުކާރަށް ޖެއްސުން ކަމަށެވެ.

ސިނާން ވިދާޅުވީ މާލެސިޓީ ކައުންސިލުން ކުރަމުން އައި ބައެއް މަސައްކަތްތައް ހައުސިންގ މިނިސްޓްރީއާއި ހަވާލުކުރުމުން މިނިސްޓަރަށް އަބަދު ޖެހިވަޑައިގަންނަވަނީ ދެފައިންޕުޅު އެއްތަނެއްގައި ނުޖައްސަވައި ދުވެވަޑައިގަންނަވަން ކަމަށެވެ. އަދި އެގޮތަށް ދުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ސިޓީ ކައުންސިލުން މާލޭގެ ތަރައްޤީއަށް އެއްވެސް ކަމެއް ކޮށްނުދީ އޮތުމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް