އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިންގެ ބޭނުންތައް ފުދެމުންދާތީ ތިބީ އުފަލުން: ޑރ. ޝައިނީ

މަސްވެރިންގެ ބޭނުންތައް ފުދެމުންދާތީ ތިބީ އުފަލުން: ޑރ. ޝައިނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މަސްވެރިންގެ ބޭނުންތައް ފުދެމުންދާތީ މިހާރު ތިބީ ވަރަށް އުފަލުން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ ވިދާޅުވީ މަސްވެރިންގެ ދުވަހު ސަރުކާރުން އިއުލާނުކުރި ކަންކަން މިފްކޯ އިން ގެންދަނީ މަސްވެރިންނަށް ކޮށްދެމުން ކަމަށެވެ. އެގޮތުން މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި އަދި ގއ، ގދ ގައި ހުރި 9 އައިސް ޕްލާންޓްގެ ތެރެއިން 8 އައިސް ޕްލާންޓުން މިހާރު އައިސް ފޯރުކޮށްދެމުން ގެންދާ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ މިހާރު އައިސް ނުލިބެނީ ހަމައެކަނި ފަރެސް މާތޮޑާގައި ހުރި އައިސް ޕްލާންޓުން ކަމަށާއި އެ ޕްލާންޓް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރވެސް މިހާރު ވަނީ މިފްކޯ އިން ގެނެސްފައި ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން އަދިވެސް އެބަހުރި ކަމަށާއި މަސްވެރިންނަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ގެންދަނީ ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށެވެ. "ލަސްތަކެއް ނުވެ މަސްވެރިން ބޭނުންވާ ކަންކަން ހައްލުކޮށްދެވޭނެ."

މަސްވެރިންނަށް ހުރި ދަތިތަކާއި ކަންކަން ހައްލުކުރެވެމުން އަންނަ މިންވަރު ބެއްލެވުމަށް ޑރ. ޝައިނީ މިއަދު ހެނދުނު ވަނީ ގދ ތިނަދޫއަށް ވަޑައިގެން ތިނަދޫގެ މަސްވެރިންނާއިއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ޢަބްދުﷲ ޖިހާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މެންދުރުފަހުގެ ވަގުތެއްގައި ޑރ. ޝައިނީ ވަނީ ގއ. ގެމަނަފުށްޓަށް ވަޑައިގެންފައެވެ. އެމަނިކުފާނު ގެމަނަފުށްޓަށް ވަޑައިގަތުމުން އެރަށުގެ މަސްވެރިންނާއި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މިދިއަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ބޭއްވި އިޙްތިފާލްތަކާއި ގުޅުވައިގެން ޑރ. ޝައިނީގެ އިސްނެންގެވުމަށް އެރަށަށް ވަނީ ވަރަށް ގިނަ އިޖުތިމާޢީ ޚިދުމަތްތަކެއް ފޯރުކޮށްދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް