އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމ ކޮށްދިން ޚިދުމަތްތަކުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ: ޢާމިނަތް ޝިމްލާ ޙުސައިން

މަންމ ކޮށްދިން ޚިދުމަތްތަކުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ: ޢާމިނަތް ޝިމްލާ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ތައުލީމީ ހަޔާތުގައި މަންމަ ކޮށްދިން ޚިދުމަތްތަކުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށާއި އަބަދުވެސް ދެމިހުންނާނީ މަންމަގެ ޚިދުމަތުގައި ކަމަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 2016 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ޝަރަފް ހާޞިލްކުރި ޢާމިނަތް ޝިމްލާ ޙުސައިން ބުނެފިއެވެ.

ޝިމްލާ ބުނީ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ސްކޫލް ނިންމައިލެވުމަކީ މާތްﷲ މިންވަރުފުޅުކުރެއްވެވި މަތިވެރި ނިއުމަތާއި ޝަރަފެއް ކަމަށެވެ. އަދި އޭނާގެ ކާމިޔާބީގެ ފަހަތުގައި ހުރީ އޭނާގެ މަންމަ ކަމަށެވެ.

ޝިމްލާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު މައްސލަތައް ކުރިމަތިވުމުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޓީޗަރުންނާއި އެހެންވެސް މުވައްޒިފުން އޭނާއަށް ވަރަށް ބޮޑަށް ހިތްވަރުދީ އެހީތެރިވެދިން ކަމަށެވެ. އަދި ސްކޫލުގައި ދެމިހުރެ މިހައި މަތީ ކާމިޔާބީއެއް ހާޞިލުކުރުމުގެ ހިތްވަރު އޭނާއަށް ލިބުނީ އެފަރާތްތަކުގެ ކިބައިން ކަމަށެވެ.

ޢާމިނަތް ޝިމްލާ ޙުސައިން ލިބުނު ބޮޑު ކާމިޔާބީ ރޭގެ ޖަލްސާގައި ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް