ކޮންމެ ދަރިވަރަކީ ހަނދަށް ދާން މަސައްކަތްކުރާ ދަރިވަރަކަށް ވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ކޮންމެ ދަރިވަރަކީ ވެސް ހަނދަށް ދިއުމަށް މަސައްކަތްކުރާ ކުއްޖަކަށްވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިކަމަށް ގޮވާލެއްޥީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އަހަރީ އިނާމު ދިނުމަށް މިރޭ އެސްކޫލްގައި ބޭއްވި ޖަލްސާގައި ދަރިވަރުންނާއި މުޚާޠަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. ޝަހީމް ވިދާޅުވީ ހަނދަށް ދިއުމަށް މަސައްކަތްކުރާނަމަ ދެވޭނީ ތަރިތަކާއި ހަަމއަށް ކަމަށާއި ހަނދާއި ހަމައަށް ފޯޜާނީ އެއަށްވުރެ މައްްަށް ދިއުމަށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެންކަމުން އަަބަދުވެސް ހިތުގައި އަޒުމް ކަނޑައަޅަންވާނީ އެންމެ މައްޗަށް ދިއުމަށް ކަމަށާއި އަދި ކާމިޔާބު ހާޞިލުކުރެވޭނީ އެކުއްޖެއްގެ އަމާޒުު ކަނޑާއަޅައި އެ އަމާޒު ހާޞިލުކުރަން މަސައްކަްތކުރުމުން ކަަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ މީގެ އަަހަރުތަކެއް ކުރިއަށް ބަލައިފިނަަމަ ދަރިވަރުންނަކީ ވެސް ފައިސާ ހޯދަން އަމަލީ ގޮތުން މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންކަމުން އެއިރު ދަރިވަރުން ވަރުބަލިވެފައި ތިބެނީ ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. "މިއަދުގެ ދަރިވަރުންނަކީ އެފަދަ ބުރަ މަސައްކަތެއް ކުރަންޖެހޭ ބައެއް ނޫން. އެކަމަކު ތިބެނީ ވަރުބަލިވެފަ. ސިކުނޑިވެސް އޮންނަނީ ވަރުބަލިވެފަ."

ޑރ. ޝަހީމް ވިދާޅުވީ މިއަދުގެ ދަރިވަރުން ވަރުބަލިވަނީ ސޯޝަލް މީޑިއާތެރެއަށް އަަބަދު ވިސްނައިގެން ތިބޭތީ ކަމަށެވެ. ޖަވާބުދޭންޖެހޭ މެސެޖުތަކާއި ފޮނުވަން ޖެހޭ މެސެޖުތައްވެސް ގިނަކަމުން ކަަމަށެވެ. "މިއަދުގެ ދަރިވަރުންގެ ސިކުނޑި ވަރުބަލިވަނީ ސޯޝަލް މީޑިއާގެ ސަބަބުން."

ޑރ. ޝަހީމް ވިދާޅުވީ ދަރިވަރުންނަކީ އެފައިން ވަރުބަލިވެފައި ތިބޭ ބައަކަށް ވުގެން ނުވާނެ ކަމަށެވެ. ފޮތް ކިޔުމާއި ކިޔަވަން ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރެވޭނީ ސިކުނޑި ވަރުބަލިނުކޮށްެ ތާޒާކަންމަތީގައި ބހައްްޓައިގެން ކަމަށެވެ. ލީޑަރަކަށް ވެވޭނީ ރީޑަރަކަށް ވެގެން ކަމަށެވެ.

ޑރ. ޝަޙީމް ވިދާޅުވީ ބޭރު ޤައުމުތަކުގެ މީހުން ޢިލްމަށް މޮޅުވެ މައުލޫމާތު މުއްސަނދީ އެމީހުން ފޮތްކިޔާތީ ކަމަށެވެ. "ޜާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ނަަމަވެސް އެމީހުން ފޮތް ގެންނާނެ. ޗުއްޓީ ހޭދަކުރާއިރުވެސް ފޮތް ކިޔާނެ. އެހެންވެ އެމީހުން މޮޅުވަނީ. ފޮތް ކިޔުމަކީ އެއްވެސް އުމުރެއްގައި ހުއްޓާލައިގެންވާނެ ކަމެއް ނޫން. އަބަދުވެސް ތިމާ އާއިއެކު ފޮތްތައް ގެންގުޅެންޖެހޭނެ. މިހާރުވެސް އަޅުގަނޑު ފޮތް ގެންގުޅެން. ކޮންމެ ތަނެއްގައި މަސައްކަތްކުރި ނަމަވެސް އެކުގައި ޚާއްޞަ ފޮތްތަކެއް ގެންގުޅެން. އެފޮތްތައް ބަލައި އަބަދުވެސް މުޠާލިޢާ ކުރީމަ ކާމިޔާބުކުރެވޭނީ."

ޑރ. ޝަހީމ ވަނީ 2 ކަމެއް ހިފެހެއްޓުމަށް ނަޞޭޙަތް ދެއްވައިފައެވެ. އެގޮތުން ކަންކަން ކުއްލި ކުއްލިއަށް ނިންމުމުގެ ބަދަލުގައި ދުރާލައި ފުންކޮށް ވިސްނައިގެން ކަންކަން ނިންމުމަށާއި އަަބަދުވެސް ރިވެތި އަޚްލާޤްގައި ދެމިތިބުމެވެ.

ޑރ. ޝަހީމް ވިދާޅުވީ ހެދުން ލުމާއި ހަށިގަނޑުގެ ސިފަތައް އަަބަދުވެސް ބަހައްޓަންޖެހޭނީ މުޖުތަމައު ޤަބޫލުކުރާ މިންގަނޑުތަކުގައި ކަމަށެވެ. ހަމައެއާއިއެކު މައިން ބަފައިންނަށާއި އެދުރުންނަށް ޙައްޤު އިޙްތިރާމް އަދާކުރުމާއިއެކު އެންމެންނަށްވެސް އިޙްތިރާމްކުރަންޖެހޭނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ހަޤީޤީ ޒީނަތްތެރިކަމަކީ ލައިގެން ހުންނަ ފޭރާމާއި ހަށިގަނޑުގެ ޒީނަތްތެރިކަން ނޫން ކަމަށެވެ. ހަޤީޤީ ޒީނަތްތެރިކަމަކީ އެމީހެއްގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤް ކަމަށެވެ. އެހެންކަމުން ހަޔާތުގެ ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤީ ސިފަތައް ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ މުޖުތަމައުއަށް ބޭނުންތެރި ކޮންމެ އިލްމަކީވެސް މުހިންމު ޢިލްމެއް ކަމަށެވެ. އެއްވެސް ދާއިރާއަކުން އިލްމުވެރިން ނެތްނަމަ މުޖުތަމައުއަށް ބޭނުންވާ ޚިދުމަތްތައް ނުލިބޭނެ ކަަމަށެވެ. އެހެންކަމުން ތަފާތު އިލްމީ ދާިރާތަކުން ކިޔަވައި މޮޅުވާން މަސައްކަްތކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް