އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިއެސްގެ މަޅީގަ ޖެހި އަންހެން ދަރިފުޅު މަރުވީ 4 މަހުގެ ދަރިއަކު ދީފަ- މިވަރުވެސް ހަމަ ރަނގަޅު: ޔޫސުފް

އައިއެސްގެ މަޅީގަ ޖެހި އަންހެން ދަރިފުޅު މަރުވީ 4 މަހުގެ ދަރިއަކު ދީފަ- މިވަރުވެސް ހަމަ ރަނގަޅު: ޔޫސުފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ޠޫސުފް އަކީ ސޫދާނުގެ މެދުމިނުގެ ވިޔަފާރިވެރިއެކެވެ. އޭނާއަށް ލިބުނުހައި ފައިސާއެއް ހޭދަކުރީ އަންހެން ދަރިފުޅު އާޔާ އަށް ޑޮކްޓަރުކަން ކިޔަވައިދޭށެވެ. ފައިނަލް އިމްތިހާން ހަދައިގެން ހިތްހަމަ ޖައްސާލަން ރެސްޓޯރަންޓަކަށް ދިއަތާ 2 ގަޑިއިރުފަހުން އެނގުނީ އޭނާ ގެއްލުނުކަމެވެ.

ހަޤީޤަތުގައި ގެއްލުނީއެއް ނޫނެވެ. ފިލީއެވެ. 2 މަސް ދުވަސްފަހުން ފޯނުކޮށްފައި ބުނީ ދުނިޔޭގައި އެބަހުރިކަމަށާއި މިހާރު ކުރާ މަސައްކަތަކީ އައިއެސްގެ ލީބިޔާ ގޮތްޕާއި ގުޅިގެން ޓެރަރިސްޓް ހަމަލާތައް ދިނުން ކަމަށެވެ.

އެއިގެ 2 އަހަރުފަހުން ހަތިޔާރު ހިފައިގެން ތިބި ބައަކު ޔޫސުފް ދިރިގުޅޭއައުމުން ވެސް އެމީހުން އެއައީ އޭނާގެ ދަރިފުޅު މަރުވިވާހަކަ ބުނަންކަމަށް ޔޫސުފްގެ ދެމަފިރިންނަށް ޤަބޫލުކުރެވުނެވެ. އެކަން ވީވެސް ހަަމައެހެންނެވެ. އެމީހުން ބުނީ ޔޫސުފްގެ ދަރިފުޅު މަރުވި ވާހަކައެވެ.

އެއަށްފަހު ދިއްކޮށްލީ 4 މަހުގެ ތުއްތު ކުއްޖެކެވެ. ދަރިފުޅު އާޔާ މަރުވިއިރު އޭނާއަސް ލިބިފައިވާ ލޯބިލޯބި އަންހެން ކުއްޖެކެވެ. ޔޫސުފްމެން ދެމަފިރިން ބުނީ މިވަރުނ ވެސް ހަަމ ފުދޭ ކަމަށެވެ.

ލޯބިން ގެންގުލެ ބޮޑުކުރި އަންހެން ދަރިފުޅު އެންމެ 20 އަހަރުގައި އައިިއެސްގެ މަޅީގައި ޖެހި މަރުވީއެވެ. ބަދަލުގައި މައިންބަފައިންނަށް ލިބުނީ ލޯބިލޯބި ތުއްތުި ދަރިފުޅެކެވެ. ޔޫސުފްމެން ދެމަފިރިން އެ ތުއްތު ދަރިފުޅު ބަލަހައްޓަމުން ގެންދަނީ ހަމަ އާޔާވެސް ނެލެހެއްޓި ގޮތަށެވެ. އެހައިމެ ލޯބިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް