އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ މިއަދުގެ މެޗްތައް ޑިސީޖޭ އާއި ބިޒީ ބޯއީސް ކާމިޔާބުކޮށްފި

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ މިއަދުގެ މެޗްތައް ޑިސީޖޭ އާއި ބިޒީ ބޯއީސް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ މިއަދުގެ މެޗތައް ޑިސީޖޭ އާއި ބިޒީ ބޯއީސް ކާމިޔާބުކޮށްފިއެވެ.

މ. އަތޮޅު ދިއްގަރުގައި ކުރިޔަށްދާމި މުބާރާތުގައި އެފްސީ ރިއޯ އާއި ވާދަކޮށް ބިޒީ ބޯއީސް މެޗު ކާމިޔާބު ކުރީ 4 ލަނޑު 1 ލަނޑުންނެވެ. އަދި އަސަރުބީ އާއި އެފްސީ ބާޒް ބައްދަލު ކުރިމެޗު ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ނިމިފައި ވަނީ ދެ ޓީމު 2-2 ންއެއްވަރުވެގެންނެވެ. މުބާރާތުގެ ފަސް ވަނަ މެޗުގައި ޖަމިއްޔަތުލް ކޮވިގޯނި އާއި ބައްދަލުކޮށް އެފްސީއެން މެޗު ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ޓީމް ފްރޮމް މާސް ފުޓްބޯލް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތަކީ މެދު ރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިމުބާރާތް 4 ގްރޫޕަކަށްބަހާލައިގެން ކުރިޔަށްގެންދާއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރާނެއެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް