އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅަދޫގޭގަ ހުރި ގޭސްފުޅި ގޮވީއެއް ނޫން- ފަރުވާ ކުޑަވުމުން ރެގިޔުލޭޓަރާއި ވާގަނޑުގަ އަލިފާން ރޯވީ!

މުޅަދޫގޭގަ ހުރި ގޭސްފުޅި ގޮވީއެއް ނޫން- ފަރުވާ ކުޑަވުމުން ރެގިޔުލޭޓަރާއި ވާގަނޑުގަ އަލިފާން ރޯވީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ހ. މުޅަދޫގޭގައި ހުރި ގެސްފުޅިއެއް ގޮވީކަމަށް ބުނެ އިއްޔެ ފެތުރި ޚަބަރުގެ ހަޤީޤަތް އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތަށް ބަލާއިރު ގޭސްފުޅި ގޮވާފައެއް ނުވެއެވެ. ގޭސްފުޅިއަށް އެއްވެސް ގެއްލުމެއް ވެސް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ހަމަ ފަރުވާކުޑަކަމުންނެވެ. ޙާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސްފުޅި ހުސްވުމުން ގޭސްފުޅި ބަދަލުކުރުމަށްފަހު ރެގިޔުލޭޓަރު ބާރުނުކޮށް ބޭނުންކުރަންފެށުމެވެ. އެފަދަ ކަމެއްގައި ބަހައްޓަންޖެހޭ ވަރަށް ފަރުވާ ނުބެހެއްޓުމުގެ ސަބަބުންނެވެ. ރާއްޖޭގައިވެސް އަދި އެހެން ޤައުމުތަކުގައިވެސް ގޭސްފުޅިއެއް ހަމަހުރެފައި ގޮވުމަކީ ވަރަށް ނުވާނެ ކަމެކެވެ. ފުޅިއަށް ގޭސްއަޅާނީ ބަލަންވީ ވަރަށް ބެލުމަށްފަހުގައެވެ. ފުޅިތަކަކީ ޤަވާއިދުން ޗެކުކުރެވޭ އެއްޗެކެވެ. ފުޅިތައް ބޭނުންކުރެވޭނީ ވަކި މުއްދަތަކަށެވެ. އަދި އެކަމަކީ ގިނަބައެއްގެ ފުރާނަ އާއި ގުޅިފައިވާ އަދި ކިތަންމެ ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމަކަށްވާތީ ގޭސް ސަޕްލައިކުރާ ކުންފުނިތަކުން އެކަމަށް ވަރަށް ސަމާލުކަމެއް ބަހައްޓައެވެ. މުޅަދޫގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އޮޅުންއެރީ ފުލުހުން ކުރި ޓްވީޓްތަކުގައި ގޭސްފުޅިއެއް ގޮވީ ކަމަށް ބުނެފައި އޮތުމުން ކަމަށްވެދާނެއެވެ. ފުލުހުން އެޓްވީޓް ކޮށްފައިވަނީ ހާދިސާ ހިނގި ވަގުތު ހާދިށާގެ ފުރިހަަމ މައުލޫމާތު ނުލިބެނީސްކަމަށްވުން ވަރަށް ކައިރިއެވެ. އެޓްވީޓާއި ގުޅިގެން ވިލާ ގޭހުގެ އިތުބާރު ގެއްލޭނެ ގޮތްތަކަށް ބައެއް މީޑިއާތަކުން ޚަބަރުތައް ހާމަކުރިނަމަވެސް އެ ހާދިސާ ހިނގާފައިވަނީ ވިލާ ގޭހުގެ ސަބަބުން ނޫންކަން އެމްއެންޑީއެފްގެ ބަޔާނުން ވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. އެމްއެންޑީއެފްގެ ބަޔާން: ހ.މުޅަދޫ ގޭގައި ހުރި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ. މިއަދު ގާތްގަނޑަކަށް 12:25 ހާއިރު ހިނގި މިހާދިސާގައި ގޭސްފުޅީގައި ރޯވެފައިވަނީ ރޮށި ފިހަން އުޅުމުގެ ތެރޭގައި ގޭސްފުޅިން ގޭސް ހުސްވެގެން، ގޭސް ފުޅި ބަދަލުކުރުމަށްފަހު ރެގިއުލޭޓަރު ރަނގަޅަށް ނުޖެހި ހުރުމުގެ ސަބަބުން އޭގައި ހުޅު ހިފައިގެންނެވެ. މިހާދިސާގައި ގޭސްފުޅިއަށް ގެއްލުމެއް ލިބިފައި ނުވާއިރު ގޭސްފުޅި ގުޅާފައިވާ ރެގިއުލޭޓަރ އަދި ހޮޅި ވަނީ އަނދާފައެވެ. މިހާދިސާގައި އަންހެނަކަށާއި ދެ ކުޑަކުދިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް