އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަގަށް ނަގާ ސައިކަލްތައް ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމަށް ސައިކަލް ވިއްކާ ކުންފުނިތަކާއެކު މަޝްވަރާކޮށްފި

ވަގަށް ނަގާ ސައިކަލްތައް ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމަށް ސައިކަލް ވިއްކާ ކުންފުނިތަކާއެކު މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ސައިކަލް ވަގަށް ނަގައިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެން އެފަދަ މައްސަލަތައް ހުއްޓުވުމަށް ބާރުއެޅުމަށާއި އަދި ވަގަށް ނަގާ ސައިކަލްތައް ފަސޭހައިން ހޯދައިގަނެވިދާނެ ގޮތްތަކާއިގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ އިސްވެރިންނާއި ސައިކަލް ވިއްކާ ކުންފުނިތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ނިމިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ހެނދުނު ހުސައިން އާދަމް ބިލްޑިންގްގައި ބޭއްވި މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ސައިކަލް ވިއްކުމުގެ ކުރިން ސައިކަލްގައި ލޮކޭޝަން އެނގޭ ޑިވައިސްއެއް ހަރުކުމާއި، އަދި ސައިކަލް ވިއްކުމާއި ސައިކަލް ގަންނައިރު ސައިކަލް ފުލް އިންޝްރެންސް ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވެއެވެ.

މީގެއިތުރުން ސައިކަލްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރ ކޮމްޕެނީން ބަދަލުކުރާނަމަ ރަސްމީ ލެޓަރ ހެޑް ސްޓޭމްޕް ޖަހާފައިވާ ކޮންސަރން ރިޕޯޓެއް ދޫކުރުމާއި ޓޯވްކުރެވޭ ސައިކަލް ތަކުގައި އިންޖީނު ނަންބަރާއި ޗެސިސް ދިމާނުވާތީއާއި ކޮމްޕެނީން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރ ކަހާނުލާ ހުރިނަމަވެސް ބައެއްފަހަރު ކުރެވޭ މަރާމާތުތަކުގައި އެނަންބަރުތައް އޮޅިފައި ހުންނަހުރުން ކޮންޕެނީތަކުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މިބައްދަލުވުމުގައި އޭލިއާ އިންވެސްމެންޓް ޕްރައިވެންޓް ލިމިޓެޑްއާއި އޭލިއާ ކޮންސްޓްރަކްޝަން ޕްރައިވެންޓް ލިމިޓެޑްއާއި ބުރަދާސް މޮޓޯ ކޮންޕެނީ ޕްރައިވެންޓް ލިމިޓެޑްއާއި ލިޓަސް މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑްއާއި ލިފާން މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑްގެ އިސްވެރިންނާއި ޖެނަރަލް އިންވެޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންވަނީ ބައިވެރިވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު