އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށްޓަކައި ޝާޙްރުކް ޚާން ރާބުއިމާއި ސިނގިރޭޓު ބުއިން ހުއްޓާލަނީ

ދަރިންނަށްޓަކައި ޝާޙްރުކް ޚާން ރާބުއިމާއި ސިނގިރޭޓު ބުއިން ހުއްޓާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިއަކީ ޝާޙްރުކް ޚާން ނުވަތަ ކިންގް ޚާން އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އޭނާގެ ހުނަރުވެރި މޮޅު އެކްޓިންގްއާއި ހިތްހެޔޮ ސަމާސާ މިޒާޖުގެ ސަބަބުން، ގިނަ ބަޔަކު ތިބެނީ އޭނާއާއި ހެދި ދީވާނާ ވެފައެވެ.

އެކްޓިންގ ގެ ދާއިރާގައި ތަފާތު އެކިއެކި ރޯލުތަކެއް ކުޅެ، އޭނާވަނީ ބޮލީވުޑްގައި "ކިންގް ޚާން" ގެ ލަގަބުވެސް ހޯދާފައެވެ.

މީގެ އިތުރުން ޝާޙްރުކް ޚާން އަކީ ވަރަށް ހިތްހެޔޮ މީހެއްކަންވެސް ގިނަ މީހުންވަނީ ފާހަގަ ކޮށްފައެވެ. އެކަން ހާމަވި އެއްކަމަކީ ދާދިފަހުން ޕާޓީއަކަށް ދިޔުމުގެ ތެރޭގައި، ޝާޙްރުކް ޚާން ގެ ކާރުންޖެހި ފޮޓޯގްރާފަރަކު ބޮޑަށް ޒަޚަމްވުމުން ޝާޙްރުކް ޚާން ވަނީ ލަސްނުކޮށް އެ ފޮޓޯގްރާފަރ ހޮސްޕިޓަލަށް ގެންގޮސް، ޝާޙުގެ ޚަރަދުގައި ހުރިހާ ފަރުވާއެއް ވެސް ކޮއްދީފައެވެ.

ނަމަވެސް މިފަދަ ހިތްހެޔޮ ރަނގަޅު މީހެއްގެ ކިބާގައިވެސް ނޭދެވޭ ސިފަތަކެއްވެއެވެ. ޝާޙްރުކް ޚާން އަކީ ޢާންމު ދިރިއުޅުމުގައި އުޅޭއިރު ވަރަށް ގަދަޔަށް ސިނގިރޭޓު ބޮއެ އަދި "އޮކޭޝަނެލީ" ކޮށް ރާވެސް ބޮއެ އުޅޭ މީހެކެވެ.

މުސްލިމެއް ކަމަށްބުނެ، ރާބޯތީ ޝާހްރުކް ޚާނަށް ވަރަށް ގިނަ މީހުން ފާޑު ކިއެވެ. ނަމަވެސް އޭނާގެ އެނޭދެވޭ އާދައަކަށް ހުއްޓުމެއް ނައެވެ.

ވަރަށް ފަހުން ބޭއްވި އިންޑިއަން ޓުޑޭ ކޮންކްލޭވް ގައި ޚާއްސަ މެހެމާނެއްގެ ގޮތުން ވާހަކަ ދައްކަމުން ޝާޙްރުކް ޚާން ބުނީ، ސިނގިރޭޓު ބުއިމާއި ރާބުއިން ވަރަށް އަވަހަށް ހުއްޓާލަން ވިސްނާފައިވާ ކަމަށާއި އެކަން ކުރަން ނިންމާފައިވަނީ އޭނާގެ ދަރިންނާއިއެކު ގިނަވަގުތު ހޭދަކުރަން ކަމަށެވެ.

އުމުރުން މިހާރު 50 އަށް ވުރެ ގިނަ ދުވަސްވެފައި ހުރުމުން، އޭނާގެ އެންމެ ހަގު ދަރިފުޅު އަބްރާމް އާއިއެކު ގިނަ ވަގުތު ހޭދަ ނުކުރެވިދާނެ ކަމަށް ހީވެ އެކަމާއި ފިކުރު ބޮޑުވޭތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އާނ އެކޭ ކަމަށެވެ.

"އަމިއްލަ އުމުރު 50 ހުގައި އުޅޭ އިރު، އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކައިރީގައި ހުރީމަ ވަރަށް އުފާވެސް ވޭ. ޒުވާން އުމުރު ތަޖުރިބާ ކުރި ކަންތައްތައް މިއުމުރުގައިވެސް ތަޖުރިބާ ކުރަން ލިބުނީތީ. އެކަމަކު ބިރެއްވެސް އިނދޭ. އެއީ އަބްރާމް އާއި އެކީ އެހާ ގިނަ ވަގުތު ހޭދަ ނުކުރެވިދާނެތީ. އެހެންވެ ސިއްޙަތަށް ވަރަށް ބަލައިގެން މިއުޅެނީ" ޝާހްރުކް ޚާން ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ