އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯވ މި އަހަރުގެ ޖުލައި މަހު ބާއްވަނީ

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯވ މި އަހަރުގެ ޖުލައި މަހު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯވ (ޓީޓީއެމް) މި އަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ޓްރެވެލް ޓްރޭޑް ކޮމިއުނިޓީއާއި ބައިނަލްއަޤުވާމީމުޖުތަމައުގައި ފާހަގަކޮށްލެވޭ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާގުޅުވާލުމުގެ ގޮތުން ބާއްވާ މި ޝޯވ ގައި 60 ރިސޯޓަކުން ބައިވެރިވާނެއެވެ.

ޖުލައި 12 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ޝޯވ ގައި ރާއްޖޭގެފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިންޓަރނޭޝަނަލް ޓްރެވެލް އިންޑަސްޓްރީގެ މާހިރުންނާއެކު ގާތްގަޑަކަށް 300 އެއްހާ ފަރާތުން ބައިވެރިވާނެއެވެ.

މޯލްޑިވްސް ގެޓަވޭސްއިންއިންތިޒާމުކޮށްގެން އަދާރަން ހުދުރަންފުށި ރިސޯޓުގައި ބާއްވާ މި ޝޯވގެ ގާލާނައިޓު ޖުލައި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިރު، އެޝޯވގެ އެސޯސިއޭޓު ޕާޓްނަރަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލްއޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އެވެ.

ގާލާ ނައިޓު ރިސޯޓުގައި ބޭއްވިނަމަވެސް މާލޭދަރުބާރުގޭގައި ބާއްވާ މި ޝޯވއަކީ 2010 ގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު ދެ މިލިއަނަށްއިތުރުކޮށް 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ޤައުމަށް ވެއްދުމުގެ މަޤުޞަދުގައި ބާއްވާ ޝޯވ އެކެވެ.

މިޝޯގައި މިހާތަނަށް 60 ރިސޯޓަކުން ބައިވެރިވެފައިވީނަމަވެސް މޯލްޑިވްސްގެޓަވޭސްއިން ލަފާ ކުރަނީ މި ޢަދަދު 100 އަށްވުރެ މަތިވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް