އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖެއިން ދެމުންދާ އެއްބާރުލެއްވުމަށް ޕެރޫގެ އާ ސަފީރު ޝުކުރު އަދާކުރައްވައިފި

ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖެއިން ދެމުންދާ އެއްބާރުލެއްވުމަށް ޕެރޫގެ އާ ސަފީރު ޝުކުރު އަދާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ރާއްޖެއާއި ޕެރޫއާ ދެމެދު އުފެދިފައިވާ 28 އަހަރުވީ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ރާއްޖެއިން ދެމުންދާ އެއްބާރުލެއްވުމަށްޓަކައި، ޕެރޫގެ އާ ނޮން-ރެޒިޑެންޓް ސަފީރު ޖޯޖް ކަސްތަންޔޭޑާ މެންޑޭޒް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ޕެރޫގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަކޮށް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއާއި ޕެރޫއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ދެ ޤައުމުގެ ދޭތެރޭގައާއި ބައިނަލްއަޤްވާމީ ގޮތުންވެސް އެ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހި ކުރަންޖެހޭކަން، ދެ ބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕެރޫއާ ދެމެދު އުފެދިފައިވާ 28 އަހަރުވީ ގުޅުމުގެ އަސްލަކީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމު ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފާގަތިކަމެއް ފޯރުކޮށްދެއްވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން އިސްނަންގަވައިގެން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ރާއްޖެއާއި ޕެރޫއިން ވަރަށް ޚިޔާލު އެއްގޮތްކަން ފާހަގަ ކުރައްވަމުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޕެރޫގެ އާ ސަފީރުގެ އަރިހުގައި، ޕެރޫ އެމްބެސީގައި ހުންނަވާ މިނިސްޓަރ ކާލޯސް ޖިމިނޭޒް ބައިވެރިވެވަޑައިގެންނެވިއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު