އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މާޅޮސް ބަލިކޮށް، ގޮއިދޫ އިން ހޯދައިފި

މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މާޅޮސް ބަލިކޮށް، ގޮއިދޫ އިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މާޅޮސް ބަލިކޮށް، ގޮއިދޫ އިން ހޯދައިފިއެވެ.

ގޮއިދޫ އިން ޗެންޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލު މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ބ. މާޅޮހު ކޯޓުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ގޮއިދޫ ޓީމުން ގެނޮސްފައިވަނިކޮށް ދެވަނަ ސެޓު 13-25 ން މާޅޮސް ޓީމުން ކާމިޔާބުކޮށް ގޮއިދޫ ޓީމަށް ނުތަނަވަސްކަން ގެނުވިއެވެ.

ނަމަވެސް ގޮއިދޫ ޓީމުން ވަނީ ހިތްވަރާއެކު ކުޅެ، 25-21 އަދި 25-18 އިން ފަހު ދެސެޓު ގެނެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ދިވެހި ޤައުމީ އަންހެން ވޮލީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެއްކަމަށްވާ މާޅޮހު ޓީމަށް ކުޅުނު ޢައިޝަތު މާޖިދާ އާއި ގޮއިދޫ ޓީމުގެ މައީޝާ ޢަބްދުލްހަންނާނާއި ރިޒުވާނާ އަބޫބަކުރު އާއި އައިމިނަތު ސަޒުނާ އާއި ކަމަދޫ ޓީމުގެ ފާތުމަތު ސީނާ ޢަބްދުއްރަޝީދާއި އިންޓަރ ސްކޫލު ވޮލީ ބޯޅް މުބާރާތުގައިވެސް ފާހަގަކޮށްލެވޭ ކުޅުމެއް ކުޅެފައިވާ ސާނިޔާ އަހްމަދު ނިޒާމު އެވެ. ސާނިޔާ ވަނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ލިބުނީ ކަމަދޫ ޓީމުގެ ކޯޗު އަޙުމަދު ސުނާނު އަށެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމު ޙަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު އާދިލު އެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ މާރެސް ޖަމިއްޔާއިން ހުށަހަޅާފައެވެ. މިއީ ބ. އަތޮޅަށް ހުޅުވާލައިގެން މާރެސް އިން މި މުބާރާތް ބޭއްވި ދެވަނަ އަހަރެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކަމަދޫ އަދި ދޮންފަނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް