އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އާއި ތައިލެންޑާއި އާދެމެދު ވައިގެ ދަތުރުތައް މިހާރަށްވުރެވެސް ފުޅާކުރުމުގެ މަޝްވަރާތައް ފަށައިފި

ރާއްޖެ އާއި ތައިލެންޑާއި އާދެމެދު ވައިގެ ދަތުރުތައް މިހާރަށްވުރެވެސް ފުޅާކުރުމުގެ މަޝްވަރާތައް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ރާއްޖެ އާއި ތައިލެންޑާއި އާދެމެދު ވައިގެ ދަތުރުތައް މިހާރަށްވުރެވެސް ފުޅާކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއް 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެކުލަވާލާފައިވާ އިރު، މިހާރު ކުރިއަށްދާ މަޝްވަރާތަކާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެއަރލައިންތަކަށް މިހާރަށް ވުރެ ހުޅުވާލެވިފައިވާ މާހައުލެއްގައި ވައިގެ ދަތުރުގެ ޚިދުމަތް ދިނުމުގެ މަގު ފަހިކޮށްދިނުމަށް ވާހަކަ ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މަޝްވަރާ ބައްދަލުވުމުގައި އެއްބަސްވެވޭ ނުކުތާތަކުގެ މައްޗަށް ބިނާކުރެވޭ އެމްއޯޔޫއެއްގައި ސޮއިކުރާ ގޮތަށް ނިންމާފައިވާ އިރު، ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ކުރިޔަށްދާ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލެވެ. ތައިލެންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ބައުވެރިވެވަޑައިގަންނަވަނީ އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޗޫލާ ސުކުމަނޯޕެވެ.

ދެ ޤައުމުގެ ދެމެދުގައި ތައިލެންޑްގެ ބެންގްކޮކް އެއަރވޭސް އާއި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ދަތުރުކުރަމުންދާ އިރު، މޯލްޑިވިއަން އިން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ބެންގްކޮކްގެ ޑޮން މުއާންގ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ހަފްތާއަކު 6 ދަތުރު ކުރަމުްނނެވެ. ބެންގްކޮކް އެއަރވޭސްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ބެންގްކޮކްގެ ސުވަނަބޫމީ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ހަފްތާގެ ކޮންމެ ދުވަހަކުވެސް އަންނަނީ ދަތުރުކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް