އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތަރު އަހަރުގެ ދަރިއަކު ދީފަ ޗުއްޓީގަ ދިއަތަނާ މަރުވި ބަންގްލަދޭޝް މީހަކު އެހެން ޤައުމަކުން ފެނިއްޖެ.

ހަތަރު އަހަރުގެ ދަރިއަކު ދީފަ ޗުއްޓީގަ ދިއަތަނާ މަރުވި ބަންގްލަދޭޝް މީހަކު އެހެން ޤައުމަކުން ފެނިއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ދިވެހި އަންހެނަކާއި ކައިވެނިކޮށް ލިބުނު ދަރިފުޅަށް 4 އަަހަރުގައި ޗުއްޓީއަކަށް ބަންގްލަދޭޝްއަށް ދިޔަތަނާ މަރުވި ބަންގްލަދޭޝް މީހަކު އެހެން ޤައުމެއްގައި އުލެނިކޮށް ފެނިއްޖެއެވެ.

އޭނާ ފުރީވެސް ވަރަށް ގިނަ ވަސިއްޔަތްކޮށްފައެވެ. 1 މަސް ދުވަސްތެރޭގައި އެނބުރި ނާދެވިއްޖެނަމަ އޭނާގެ ދަރިފުޅު ބަލައިދިނުން އެދިވެސް ވަޞިއްޔަތްކުރިއެވެ.

އޭނާ ދިޔަތާ ދުވަސްކޮޅެއްފަހުން އަނބިމީހާއަށް ލިބުނީ މެސެޖެކެވެ. އެ މެސެޖުގައި ވަނީ ފިރިމީހާ މަރުވި ވާހަކައެވެ. އަދި ދަރިފުޅާއި ހަވާލުކުރަންޖެހޭ ބައެއް ތަކެތި ހުރުމުން ތަކެއްޗާއި ހަވާލުވުމަށް އައުން އެދޭކަމަށެވެ.

އަބިމީހާ ތަކެއްޗާއި ހަވާލުވާކަށް ނުދެއެވެ. ނަމަވެސް ވަރި ސާބިތުކުރަން ބޭނުންވާ ފިރިމީހާ މަރުވިކަމުގެ ލިޔުން ހޯދަން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ކުރި މަސައްކަތުން އެނގުނީ އޭނާ މަރުނުވާކަމެވެ. އަދި އެހެން ޤައުމެއްގައި މަސައްކަތްކުރަމުންދާ ކަމެވެ.

އަނބިމީހާ ބުނީ ކައިވެނިކުރަން އުޅުނުއިރު ބުނީ އޭނާއަކީ ހުޅުމާލޭގައި އަމިއްލަ ރެސްޓޯރަންޓެއް ހިންގާ މީހެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާއަކީ އެމްޓީސީސީގެ ޑްރައިަރެކެވެ. އެއިރު މާބަނޑުވެފައި އިނުމުން އިތުރު ޝަކުވާތަކެއް ނުކޮށް ކެތްކުރީ ކަމަށެވެ.

ހާދިސާއަށް ބަލާއިރު ތަކެއްޗާއި ހަވާލުވާން ދެމައިން ބަންގާޅަށް ދިއަ ނަމަ ކުރިމަތިލާންޖެހޭނީ ހަޤީޤީ މަރާއިކަމަށް ޤަބޫލުކުރުމުގެ ފުރުޞަތުބޮޑުކަން ފާހަގަކުރެވެއެވެ.

"ލޯބިވާ މިތުރަށް ލޯބިދީ ލޯބީގެ މަޅީގައި ޖެހިފައި ތިބި ދިވެހި އަންހެނުންނަށް" މިއީ އިބްރަތަކަށްވާނެ ކަމަށް ޤަބޫލުކުރެވެ. ބައެއް މީހުން ބުނާ ގޮތުގައި ޔޫސޭގެ ޑްރާމާގައި ބުނާފަދައިން ބައްޕަގެ އަމިއްލަ ހެލިކޮޓަރު ބަންގާޅުގައިހުރެ ވެސް 100 ޑޮލަރަށް މަސައްކަތު އައުމުން ބައްޕަގެ އަތުގައި ހެލިކޮޕްޓަރު ހުރި އަދަދު އަދިވެސް ހަމަ ޤަބޫލުނުކުރެވެނީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް