އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޯނިގޯނީގާ މެންބަރުންނަށް ފައިސާ ބެހި މައްސަލަ ނުބަލާ މިބަލަނީ ޤާސިމްގެ ކޮން މައްސަލައެއް؟

ގޯނިގޯނީގާ މެންބަރުންނަށް ފައިސާ ބެހި މައްސަލަ ނުބަލާ މިބަލަނީ ޤާސިމްގެ ކޮން މައްސަލައެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "އަދީބް ދެއްވި" ފައިސާ ގޯނިގޯނީގައި ބެހިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ. އެ މައްސަލަ ބެލިކަމެއް އަދި ބަލައި އެކަން ނިންމި ގޮތެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުކުރެވިފައިވާ މެންބަރުން ޕާޓީގެ ވިޕްލައިންތަކާ އެއްގޮތަށް ވޯޓުލަމުން ގެންދާ ނަމަ އެމެންބަރުން އަލުން މަޖިލީހަށް އިންތިޚާބުކުރުމަށް އަދިވެސް އެހީތެރިވެދެއްވާނެކަމަށް އިދިިކޮޅު އިއްތިިހާދުން ބޭއްވި ޢާންމު ބައްދަލުވުމެއްގައި މީޑިއާތަކާއި ރައްޔިތުންގެ ކުރިމަތީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވުމުން އެކަން މިހާރު މިވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ. ފުލުހުންގެ މުއައްސަސާއިން ގެންދަނީ ތަޙްޤީޤްކުރަމުންނެވެ.

ސިޔާސީ ޕާޓީއެއްގެ މަޖިލިސް މެންބަރުން އަލުން މަޖިލީހަށް އިންތިޚާބުކުރަން އެ ޕާޓީއަކުން އެހީތެރިވެ މަސައްކަތްކުރާނެ ކަމަށް ބުނުން މިއަދު މިވަނީ ރިޝްވަތުގެ މައްސަލައަކަށްވެފައެވެ.

ޤާސިމް އިބްރާހީމްއަށް މިފަދަ ކަންކަން ކުރިމަތިވެވަޑައިގަތުމަކީ އާކަމެއް ނޫނެވެ. އެމަނިކުފާނަކީ ގިނަ ބައަކަށް މާލީ ގޮތުން އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ކިބައިން އަބަދުވެސް މާލީ އެހީތެރިކަން ހޯއްދަވަމުން ގެންދެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަނބުރާ ދައްކަވާ ގޮތަށް ފައިސާ ބޭނުންފުޅުވެގެން ކުރެއްވި ފޯނު ކޯލެއްގެ މައްސަލައިގައި ރައީސް ނަަޝީދުގެ ވެރިކަމުގައި އެ މައްސަލަވެސް ވަނީ ތަޙްޤީޤްކޮށްފައެވެ.

ތަޙްޤީޤްކުރަންޖެހޭ ކޮންމެ މައްސަލައެއްވެސް ތަޙްޤީޤް ކުރުމަކީ އެކަމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ހައްެޤެކެވެ. ކުރަންޖެހޭ ކަންކަން ކުރުމަކީ މުއައްސަސާތަކުން ކުރަންޖެހޭނެ ކަމެކެވެ.

ފުލުހުން މިހާރު ތަޙްޤީޤްކުރަމުން ގެންދާ ޤާސިމް އިބްރާހީމްގެ މައްސަލަ އާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮންމެ ސިޔާސީ ލީޑަަރަކުވެސް ވިދާޅުވާނެ ބަސްފުޅެއް އަދި ކުރައްވާނެ ކަމެއްގެ ވާހަކަ ހާމަކަންބޮޑު ގޮތެއްގައި ވިދާޅުވުމުން އެ މައްސަލަ ބަލަމުން ގެންދާއިރު ގޯނި ގޯނީގައި ސިއްރިޔާތުގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ އުފުލި މައްސަލައަށް ވީގޮތެއް ނޭނގުން އެއީ މިކަމުގައި އެންމެ ގިނަ ބައަކު އުފައްދާ ސުވާލެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް