އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންމިންފެއާގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުންމިންފެއާގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޗައިނާގެ ކުންމިންގައި މއިަހަރު ބާއްވާ ކުންމިންފެއަރގައި ބައިވެރިވުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފެއަރ އޮންނާނީ ޗައިނާގެ ކުންމިންގައި މިއަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން 18 ވަނަ ދުވަހަށެވެ.

އެމިނިސްޓްރީން މިއަދު ބުނީ މިފެއާރގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފށެިިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ފެއަރގައި ބައިވެރިވާ ފަރާތްތަކަށް 9ފޫޓް، 9 ފޫޓުގެ ސްޓޯލެއް ހިލޭ ލިބޭނެއެވެ. ފެއާރއަށް ދިއުމާއި ތަކެތި ގެންދިއުމަކީ ބައިވެރިވާ ފަރާތްތަކުން އަމިއްލައަށް ކުރަންޖެހޭ ކަންކަމެވެ.

މިދިއަ އަހަރު ކުންމިންގ ފެއާރގެ ކަންޓްރީ އޮފް އޮނަރގެ ޝަރަފު ލިބިފައިވަނީ ރާއްޖެއަށެވެ.

ކުންމިންފެއާރއަކީ ދެކުނު އަދި އރުމަތީ އޭސިއާގެ ގިނަ ޤައުމުތަކަކުން އެތައް މިލިއަން މީހުން ބައިވެރިވާ ފެއާރއެކެވެ، މިފެއާރގައި ރާއްޖޭގެ އުފެއްދުންތަކަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިފެއާރގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް އަންނަނީ ވަރަށް ބޮޑަށް އިޝްތިހާރުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް