އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ނ. އަތޮޅު ބުރު މިމަހުގެ ފަށަނީ..

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ނ. އަތޮޅު ބުރު މިމަހުގެ ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ނ. އަތޮޅު ބުރު މި އޭޕްރީލް މަހު ފަށަން ނިންމާފައިވާކަމަށް ސޮކަރ ވެޓްރަންސް އިން ބުނެފިއެވެ.

ސޮކަރ ވެޓްރަންސް އެސޯސިއޭޝަނުން ބުނީ މި ފިއެސްޓާ ފެށުމަށް ނިންމާފައިވަނީ މި އޭޕްރީލް މަހުގެ 7 ވާ ހުކުރު ދުވަހު ކަމަށާއި ނ. އަތޮޅަށް ހުޅުވާލި މި ފުރުޞަތުގެ ބޭނުން ވަރަށް ގިނަ ރަށްތަކުން ހިފާފައިވާ ކަމަށެވެ.

މި މަހުގެ 7 އަދި 8 ގައި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި ފެސްޓިވަލް ނުވަތަ ފިއެސްޓާގައި އެ އަތޮޅުގެ 19 ސްކޫލަކުން 342 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ޕްރީ ސްކޫލް ބައިން 10 ސްކޫލް، ގްރޭޑް އެކެއް އަދި ދޭއްގެ ބައިން 9 ސްކޫލް ވަނީ ބައިވެރިވެފައެވެ.

ޕްރީ ސްކޫލް ބައިން ބައިވެރިވެފައިވަނީ މާފަރު ޕްރީ ސްކޫލާއި މަގޫދޫ ޕްރީ ސްކޫލާއި ލަންދޫ ޕްރީ ސްކޫލާއި ކެނދިކުޅުދޫ ޕްރީ ސްކޫލާއި މޭނާ ޕްރީ ސްކޫލާއި ޅޮހީ ޕްރީ ސްކޫލެވެ. އަދި ހިދާޔާ ޕްރީ ސްކޫލާއި ނ. އަތޮޅު ޕްރީ ސްކޫލާއި ކުޑަފަރީ ޕްރީ ސްކޫލާއި ފޮއްދޫ ޕްރީ ސްކޫލެވެ.

ގްރޭޑް އަކާއި ދޭއްގެ ބައިގާ ބައިވެރިވެފައިވަނީ މާފަރު ސްކޫލާއި ލަންދޫ ސްކޫލާއި ކެނދިކުޅުދޫ ސްކޫލާއި މޭނާ ސްކޫލާއި ޅޮހީ ސްކޫލާއި ހިދާޔާ ސްކޫލާއި ނ. އަތޮޅު ސްކޫލާއި ކުޑަފަރީ ސްކޫލް އަދި ފޮއްދޫ ސްކޫލް އެވެ.

މިއީ މި ފިއެސްޓާ ނ. އަތޮޅަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގެ މިއަހަރުގެ ފުރަތަމަ ބުރު ފެބްރުއަރީ މަހު މާލޭގައި ބާއްވާފައިވާ އިރު، އެ ބުރުގެ ގްރޭޑް 2ގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. ގްރޭޑް 3ގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް