އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިގުދުވުމަށް އޮންނަ ތަރުހީބު އަންނަނީ ބޮޑުވަމުން: ޓީއެފްޖީ

ދިގުދުވުމަށް އޮންނަ ތަރުހީބު އަންނަނީ ބޮޑުވަމުން: ޓީއެފްޖީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ދިގުދުވުމަށް އޮންނަ ތަރުހީބު އަންނަނީ ބޮޑުވަމުން ކަމަށް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބުނެފިއެވެ.

ޓީއެފްޖީ އިންބުނީ އެކަމުގެ ހެއްކަކީ މިއަހަރުގެ ކޮކާކޯލާ ޓީއެފްޖީ ލޯންގ ރަންގައި 800 ބައިވެރިންވެ، ބައިވެރިވުމުގެ މުއްދަތު ހަމަވުމުގެ މާކުރިން ކަނޑައެޅި ޖާގައަށްވުރެ އިތުރަށް ބައިވެރިވުން ކަމަށެވެ.

މި އޭޕްރީލް މަހުގެ 14 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގައި ބައިވެރިކުރުމަށް ޓީއެފްޖީން އެންމެ ފުރަތަމަ ނިންމީ 750 ޖާގައެވެ. ނަމަވެސް ބައިވެރިވާން ހުޅުވާލި މުއްދަތުގައި 800 ފަރާތަކުން އެދިފައިވާތީ ޓީއެފްޖީން މިހާރު ނިންމާފައިވަނީ އެ ހުރިހާ އެންމެނަށްވެސް ދުވުމުގެ ފުރުޞަތު ދިނުމަށެވެ.

ފައިބެއަހަރުތަކުގައި ޖާގަ ފުލްވަނީ ދުވުން ފެށެން 2 ނުވަތަ 3 ދުވަހަށްވެފައިވަނިކޮށް ނަމަވެސް މިފަހަރުގެ ބައިވެރިންގެ ޢަދަދުން އަންގައިދެނީ ޢާންމުންގެ މެދުގައި މިފަދަ ދިގު ދުވުންތަކަށް އޮންނަ ތަރުހީބު ބޮޑުވެ، ޝައުޤުވެރިކަން އިތުރުވުމެވެ.

މި އަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން (42 ކިލޯމީޓަރ) އާއި ހާފް މެރަތަން (21 ކިލޯމީޓަރ) އާއި 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ ދުވުން އޮންނާނެއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހު އޮންނަ މި ދުވުމަށް ދުވުންތެރިން ތައްޔާރު ކުރަމުން އަންނަ އިރު، އައުޓްރަންގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފަރުދީ ފެންވަރުގައާއި ބޮޑެތި ކުންފުނިތަކުންވެސް އަންނަނީ މި ޕްރޮގްރާމުގައި ބައިވެރިވެ، ތަމްރީނު ހޯދަމުންނެވެ.

މި ޕްރޮގްރާމުގެ ސަބަބުން އެއްގޮތަކަށްވެސް ނުދުވެ ހުންނަ މީހަކަށްވެސް މި ތަމްރީނުތަކަށް ޤަވާޢިދުން ހާޟިރުވެ، ކޯޗުންގެ އިރުޝާދާއެކު ކަންކަން ކުރާނަމަ، އުނދަގުލެއް ނެތި 10 ކިލޯމީޓަރ ދުވެލެވޭނެއެވެ.

210 ބައިވެރިންނާއެކު 2013 ވަނަ އަހަރު މި ދުވުން ފަށާފައިވަނީ 10 ކިލޯމީޓަރ އާއި ހާފް މެރަތަން އެކަންޏެވެ. ނަމަވެސް މިދުވުމުގައި 5، 10، 21 އަދި 42 ކިލޯމީޓަރގެ ރާސްތާގައި ދުވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ފަންތީގެ ދުވުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

މީގެ އިތުރުން 42 ކިލޯމީޓަރގެ ދުވުން ނިންމާ ބައިވެރިންނަށް ފިނިޝަރ ޓީޝާރޓް ދޭއިރު، ކޮންމެ ބައިވެރިއަކުވެސް ދުވާ ރާސްތާއަކުން ދުވުން ނިންމައިފި ނަމަ، އެ ރާސްތާއެއް އަންގައިދޭ މެޑެލްވެސް ދިނުމަށް ވަނީ މި އަހަރު ނިންމާފައެވެ. މިއީ މިގޮތަށް މެޑެލް ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދީފައިވަނީ ހަމައެކަނި ދުވުން ނިންމި ނުވަތަ ބައިވެރިވިކަމުގެ ގޮތުން ވަކި ފަންތިއެއް ނުޖަހައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް