އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ސްޕަރމާޓް ހޯލްސޭލް ޕްރޮމޯ ފަށައިފި

އެސްޓީއޯ ސްޕަރމާޓް ހޯލްސޭލް ޕްރޮމޯ ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ގިނަ އިނާމުތަކާއެކު އެސްޓީއޯ ސްޕަރމާޓް ހޯލް ސޭލް ޕްރޮމޯ ފަށައިފިއެވެ.

އެސްޓީއޯ ސްޕަރމާޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާން ފައްޓަވައިދެއްވި މި ޕްރޮމޯޝަނަކީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރަމޯޝަނެކެވެ.

މި ޕްރަމޯޝަނުގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހޮވާ ފަރާތްތަކަށް ދުބާއީ، ބޭންކޮކް އަދި އިންޑޮނޭސިއާ އަށް ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު 10 ފަރާތަކަށް ސްޕަރމާޓުން ވިޔަފާރިކުރުމަށް 5،000 ރުފިޔާގެ ވައުޗަރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފާޠިމަތު އާޝާން ވިދާޅުވީ މިޕްރަމޯޝަންގެ ދަށުން އެސްޓީއޯ ސްޕަރމާޓަށް އެތެރެކޮށް ހޯލްސޭލްކުރާ 36 ބާވަތެއްގެ މުދާ ހޯލްސޭލްކޮށް ގަނެވޭނެ ކަމަށެވެ. އަދި ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެތެރެކޮށްފައިވާ ކާބޯ ތަކެތިވެސް މި ޕްރަމޯޝަނުގެދަށުން ގަންނަން ލިބޭނެ ކަމަށެވެ.

"މިއަހަރުވެސް ޗޮއިސް ބްރޭންޑްގެ ގެރިކިރާ ޑެވޮންޑޭލް ކިރުގެ ބާވަތްްތަކާއި އަލްސަބާހް މަރުކާ ފަދަ އެސްޓީއޯ އިން އެތެރެކޮށް މާކެޓްކުރާ ޖޫހުގެ ބާވަތްތައް ވެސް މި ޕްރަމޯޝަންގެދަށުން ގަންނަން ލިބޭނެ."

"މީގެ ތެރޭގައި ރަމަޟާން މަހަށް ޚާއްބަ ގިނަ ވައްތަރުތަކުގެ ކާބޯ ތަކެތި ހިމެނޭ. އޭގެ ތެރޭގައި ތެލުގެ ބާވަތްތައްވެސް ހިމެނޭ. ކައްކަން ބޭނުންކުރާ ތެލުގެ ތަފާތު ބާވަތްތަކުގެ ގިނަ ސައިޒުތަކެއް ވެސް ލިބެން ހުންނާނެ."

އާޝާން ވިދާޅުވީ މި ޕްރަމޯޝަން ޚާއްޞަކޮށްފައިވަނީ އެސްޓީއޯ ސްޕަމާޓުން ޢާންމުކޮށް ހޯލްސޭލްކޮށް މުދާ ބައްލަވައިގަންނަވާ ފަރާތްތަކަށް ނަމަވެސް ކޮންމެ ފަރާތަކަށްވެސް މި ޕްރަމޯޝަނުގެދަށުން މުދާ ބައްލަވައިގެންނެވޭނެ ކަމަށެވެ،. އެގޮތުން 1،000 ރުފިޔާއިން ފެށިގެން ހޯލްސޭލްކޮށް ތަކެތި ބައްލަވައިގަންނަވާ ކޮންމެ ފަރާތަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވަޑައިގެން އިނާމު ހޯއްދެވޭނެ ކަމަށްވެސް އާޝާން ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް