އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޑިއޯ މާނޭ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ސީޒަން ނިމިއްޖެ

ސަޑިއޯ މާނޭ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ސީޒަން ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ލިވަޕޫލްއަށް ކުޅެމުންއަންނަ ސެނެގޯލްގެ އިތުބާރު ފޯވާޑް ސަޑިއޯ މާނޭގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ އަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމިއްޖެ އެވެ.

މާނޭއަށް އަނިޔާގެ މައްސަލަ ދިމާވީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އާ ދެކޮޅަށް ކުޅެ އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައެވެ.

ސައުތުހެމްޓަން އިން މި ސީޒަނުގައި ލިވަޕޫލާ ގުޅުނު ފޯވާޑް މާނޭ ވަނީ އޭނާ ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނާއި ވާހަކަދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މާނޭ ގެ މި އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން މި ސީޒަނުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

މާނޭގެ އިތުރުން ދެން އަނިޔާގައި ހުރި އަނެއް ކުޅުންތެރިއަކީ މިދިޔަ މަހު އިންގްލެންޑަށް ކުޅެނިކޮށް ފަލަމަސްގަނޑަށް އަނިޔާވި ލިވަޕޫލުގެ އެޑަމް ލަލާނާއެވެ
.
އެހެން ނަމަވެސް އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ކްލޮޕްވަނީ ބުނެފައެވެ. އެހެން ނމަވެސް އޭނާ އަދި ޕްރެކްޓިހުގައި ބައިވެރިވެފައެއް ނުވެއެވެ.

މީގެއިތުރުން މިއަހަރުގެ ފެބްރުއަރީ މަހު އަނިޔާވެ ކުޅުމާއި ދުރުގައި ހުރި އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށް ލިވަޕޫލްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދި އެނބުރި އައިސް ޓީމާއި ގުޅެވޭނެ ދުވަހެއް ބުނަން ނޭންގޭކަމަށް ލިވަޕޫލްއިން ވަނީ ބުނެފައެވެ.

ލިވަޕޫލް އަކީ މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 3 ވަނާގައި އޮތް ޓީމެވެ. އެޓީމު ތިންވަނާގައި އޮތީ 60 ޕޮއިންޓާ އެކު އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން