އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޑީކޭ ހޮސްޕިޓަލާއި އެމްއެންޔޫ އާއިދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އޭޑީކޭ ހޮސްޕިޓަލާއި އެމްއެންޔޫ އާއިދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

އޭޑީކޭ ހޮސްޕިޓަލުގެ ސްކޫލް އޮފް ހެލްތު ސައިންސް އާއި ދިވެހި ޤައުމި ޔުނިވަރސިޓީ (އެމްއެންޔޫ) އާއިދެމެދު ސިއްޙީ ދާއިރާ ކުރިއެރުވުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފް އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ހެލްތު އޮފް ސައިންސްގައި ބޭއްވި މި ރަސްމިއްޔާތުގައި އަފްޢާލް ވިދާޅުވީ މިއީ މިކަހަލަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވާނެކަމަށާއި މި ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލްގައި ކުރާ މައިބަދާގެ ސަރޖަރީއެއް ލައިވް ކުރާނެ ކަމަށެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާރ ޑރ. ފަވާޒް ޝަރީފް ވިދާޅުވީ އޭޑީކޭއަކީ ރާއްޖޭގައި ފުޅާ ދާއިރާގައި އެންމެ ފުރަތަމަ ސިއްޙީ ދާއިރާއަށް ޚިދުމަތްކުރަން ފެށި އަމިއްލަ ފަރާތްކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ ހޮސްޕިޓަލަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ގިނަ ދުވަސްވީ އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެއް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ދެ ފަރާތުން އެކުވެ ރާއްޖޭގެ ސިއްޙީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރެވޭނެއެވެ.

ތިން އަހަރު ދުވަހުގެ މި ފަހުމުނާމާގެ ދަށުން ބާއްވާ ފުރަތަމަ ޖޮއިންޓް އިވެންޓް ކޮންފަރެންސެއް އަންނަ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިރު، މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ މައިބަދަށް ދިމާވާ މައްސަލަތަކާއި ބޭހޭގޮތުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް