އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ޗެމްޕިއަންކަން އުނގޫފާރު، ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫ ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ޗެމްޕިއަންކަން އުނގޫފާރު، ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ޗެމްޕިއަންކަން އުނގޫފާރު، ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫ ހޯދައިފިއެވެ.

ނ. އަތޮޅުގެ ޗެމްޕިއަންކަން މާލެންދޫ އިން ހޯދީ ނ. ކެނދިކުޅުދޫދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގައި ކުޑަފަރީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ، 1-2 ލަނޑުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ކުޑަފަރީގެ ޙަސަން ސޯދިޤު ޖަހައިދިން ލަނޑާއެކު ފުރަތަމަ ހާފު ނިންމާލީ ކުޑަފަރީ ލީޑިގައި އޮވެގެންނެވެ. ނަމަވެސްމާޅެންދޫގެޢަބްދުﷲ ޝަފީއު ފަހު ހާފުގައި ޖަހައިދިން ދެ ލަނޑުން މާޅެންދޫ ސަޕޯޓަރުންގެ އުއްމީދުތައް ވަނީ އާކޮށްދީފައެވެ.

ނ.އަތޮޅުގެ ޗެމްޕިއަން މާޅެންދޫ ޒޯންބުރުގައި ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާ ދެކޮޅަށް އަންނަ ބްރާސްފަތި ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާ އިރު، މާޅެންދޫގެ ހޯމް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާޓީމަކަށް ޒޯން ބުރުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.

މި މުބާރާތުގައި ރ. އަތޮޅުގެ ޗެމްޕިއަންކަން އުނގޫފާރުން ހޯދީ މީދޫ އާއެކު ކުޅުނު ފައިނަލް މެޗު 0-1 ން މޮޅުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު 32 ވަނަ މިނެޓުގައި ޖަހައިދިނީ އުނގޫފާރު ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަމްޕޮންސާ ބާނާޑް ކުވާސީއެވެ.

ޒޯން ދޭއްގެ ބުރުގައި އުނގޫފާރާއެކު ވާދަކުރާނީ ޅ. އަތޮޅުގެ ޗެމްޕިއަންއޮޅުވެލިފުއްޓާއި ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުއްޓެވެ. އޭދަފުށްޓަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިޓީމެވެ.

ޒޯން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް