އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިމެންސް ފުޓްސަލް ފިއެސްޓާގައި އަވަ އެފްޓީން ލަނޑު ގޯންޏަކާއެކު މޮޅުވެއްޖެ..

ވިމެންސް ފުޓްސަލް ފިއެސްޓާގައި އަވަ އެފްޓީން ލަނޑު ގޯންޏަކާއެކު މޮޅުވެއްޖެ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު



މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލްފިއެސްޓާގައި ފެހި ފަހި ކްލަބު ކޮޅަށް އައްޑޫ ވިމެންސްއެސޯސިއޭޝަން (އަވަ) އެފްޓީން ލަނޑު ގޯންޏެއް ޖަހައި، ފެށުން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނި ވެލި ދަނޑުގައި ރޭ ކުޅުނު ގްރޫޕްބީގެ މެޗުގައި ފެހި ފަހި ކްލަބުގެ މައްޗަށް އަވަ އެފްޓީކުރި ހޯދީ 16-0ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އަވަ އެފްޓީގެ ކަނޑުތަކުގެ ތެރެއިން 7 ލަނޑު އަރީޝާ ރިޒާ، އަދި ފާތިމަތު އަލްމާ އަލީ ވަނީ ހަތަރު ލަނޑުކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ތަޖިކިސްތާން ކުޅުންތެރިޔާ ފޮޒިލޯވާ މަދީނާ3 ލަނޑު، ފާތިމަތު ސަލްމާ އާއި ނަޝީމާ އިބްރާހިމް (ގޮގްސް) ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

ރޭ ކުޅުނު ގްރޫޕް ސީގެ މެޗު އެސްޓީއޯރެކްރިއޭޝަން ކްލަބުން ކާމިޔާބުކުރީ ސްޓެލްކޯރެކްރިއޭޝަން އާބައްދަލުކޮށް 1-0 ލަނޑުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ މެނާ އަހްމަދީއެވެ.

ގްރޫޕް އޭގެ މެޗުގައި ޓީމް ފެނަކަ ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާއި ބައްދަލުކުރި މެޗު 1-0 ލަނޑުންނެވެ. އަދި ގްރޫޕް ސީގެ މެޗުގައި އެމްއޭސީއެލްއިން ވަނީ ޕޮލިސް ކްލަބު އަތުން 6-3ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް