އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ލޯންގރަން އެކްސްޕޯރ މިމަހުގެ 12ގައި ބާއްވަނީ

ޓީއެފްޖީ ލޯންގރަން އެކްސްޕޯރ މިމަހުގެ 12ގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޓޯޓަލް ފިޓްނަސް ގްރޫޕުން ބާއްވާ ކޮކަކޯލާ ޓީއެފްޖީ ލޯންގރަންގެ އެކްސްޕޯރ މިމަހުގެ 12 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ލޯންގރަން ބައިވެރިވާ ދުވުންތެރިންނަށް ކިޓް ހަވާލުކުރުމަށް ބާއްވާ މި ޚާއްޞަ އެކްސްޕޯރ އޮންނާނީ ބުދަދުވަހު ހެނދުނު 9 އިން ރޭގަނޑު 9 އަށް ސޯލްޓް ކެފޭގެ ސެމިނަރ ރޫމް،ރެސްޓޯރެންޓާއި ޓެރަހުގައެވެ.

ޓީއެފްޖީން ބުނީ މި އެކްސްޕޯރގައި ވަރަށް ތަފާތު ހަރަކާތްތަކެއް ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި ދުވުންތެރިންނަށް ޚާއްޞަ ކެއުމެއް އެކުލެވޭ މެނޫއެއް ސޯލްޓުން ތަޢާރަފް ކޮށްފައިވާ އިރު، އެ ދުވަހުގެ މެންދުރުގެ ކެއުމާއި ހަވީރުގެ ލުއިކާނާއަދި ރޭގަނޑުގެ ކެއުމާއި ހައިޑްރޭޓިންގ ބުއިންތައްވެސް ލިބެން ހުންނާނެ ކަމަށެވެ.

ހަމަމިއާއެކު ޓީއެފްޖީ އިން ލުއި ދަބަހެއްގައި ދޫކުރާ ރޭސް ޕެކުގައިޓީޝާޓަކާއި ނަން ޖަހާފައިވާ ބިބާއި، ބިބުގައި ހަރުކުރާ ޓައިމިންގޗިޕެއް އޮންނާނެއެވެ. އަދި ޚާއްޞަ ލޭބަލްކޮޅެއް ދޫކުރާނެ ކަމަށާއި ރޭސް އޮންނަ ދުވަހު ހުޅުމާލެއަށް ގެންދާ ހިކި އަންނައުނު މިލޭބަލްކޮޅާ އެކު ޓީއެފްޖީން ދޭ ދަބަހަށް އަޅާފައި ހަވާލުކުރުމުން ރޭސްނިމުމަށް އަނބުރާ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް ފޯން ފަދަ އަގުހުރިއެއްވެސް އެއްޗެއް ނުލުމަށް ޓީއެފްޖީން އެދެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލުއެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ މި ރޭހުގައި އޮންނަނީ ފަސްކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އަދިމެރެތަން އެވެ.

ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ބޭރުގެމެރެތަން ދުވުންތެރިން ބައިވެރިވާ މި ދުވުމުގައި ދެ ޖިންސުންގެ ޒުވާނުންނާއި ޢުމުރުންދުވަސްވީ މީހުން ހިމެނޭ ގޮތަށް 800 އަށްވުރެ ގިނަ ބައިވެރިން ދުވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް