އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަމާލުއްދީން ސްކޫލުގެ ވަރަށް ޚާއްޞަ ފެއާރއެއް މިމަހުގެ 14 އަދި 15ގައި ބާއްވަނީ

ޖަމާލުއްދީން ސްކޫލުގެ ވަރަށް ޚާއްޞަ ފެއާރއެއް މިމަހުގެ 14 އަދި 15ގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޖަމާލުއްދީން ސްކޫލުގެ ވަރަށް ޚާއްޞަ ފެއާރއެއް މި އޭޕްރީލް މަހުގެ 14 ވާ ހުކުރު އަދި 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޖަމާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ފާތުމަތު ޝަހުލާ ވިދާޅުވީ މިއީ ވަރަށް ތަފާތު ފެއާރއެއް ކަމަށާއި އެންމެ ޚާއްޞަކަމެއްގެ ގޮތުގައި އެ ސްކޫލަށް އެކި ގޮތްގޮތުން ގެނެސްފައިވާ 5000އަށްވުރެ ގިނަ ޕްލާސްޓިކް ފުޅިން އެ ސްކޫލު ޒީނަތްތެރި ކުރާނެކަމަށެވެ. އަދި 6000އަށްވުރެ ގިނަ ޕްލާސްޓިކް ފުޅީގެ މަތިގަނޑު ބޭނުންކޮށްގެންވެސް ވަރަށް ތަފާތު ތަކެތި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފެއާރގައި ތަފާތު ކުޅިވަރުތައް ހިމަނައިގެން ސްޓޯލުތަކާއި ކެންޓީނާއި ބިރުވެރި ހޮހަޅަ އާއި ސްޓޭޖު ކުޅިވަރުތައް ހިމެނޭ އިރު، މިއީ ހުރިހާ ޢުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ބާއްވާ ފެއާރއެއް ކަމަށް ޝަހޫ ވިދާޅުވިއެވެ.

މިއީ ސްކޫލުގެ އެކި ހަރަކާތްތަކަށާއި ކުދިންނަށް ބޭނުންވާ ކަންތައްތައް ކުރުމަށް ފައިސާ ހޯދުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފެއާރއެއް ކަމަށާއި މި ފެއާރއަށް ވަނުމަށް =/10 ރުފިޔާގެ ޓިކެޓެއް ގަންނަންޖެހޭ ކަމަށްވެސް ޖަމާލުއްދީން ސްކޫލުން ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް