އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ ހޯދައިފި

ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މިނިވަން ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ ހޯދައިފިއެވެ.

ބިލެއްދޫ އިން ޗެމްޕިއަންކަން ހޯދީ ނިލަންދޫ އާއެކު މިއަދު ހަވީރު ކުޅުނު ފައިނަލްމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 1-2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މިއަދު ހަވީރު ކުޅުނު ފ. އަތޮޅުގެ ފައިނަލުގައި ނިލަންދު އާއި ބިލެއްދޫ ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވުމުން ޕެނަލްޓީގައި ބިލެއްދޫ ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ބިލެއްދޫގެ ސާމިދު އަހުމަދު ލަނޑެއް ޖަހާ، ލީޑު ހޯދައިދިން ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ނިލަންދޫގެ އަމްޖަދު ޢަލީ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ބިލެއްދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. އެ ބުރުގައި ބިލެއްދޫ ބައްދަލުކުރާނީ ވ. އަތޮޅުގެ ޗެމްޕިއަނުންނާއި ދ. އަތޮޅުގެ ޗެމްޕިއަން އަދި ދ. އަތޮޅުގެ ޗެމްޕިއަނުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް