އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ކަސްޓޯޑިއަން ޚިދުމަތް ދިނުމުގެ ހުއްދަ މޮރިޝަސް ކޮމަރޝަލް ބޭންކަށްދީފި

ރާއްޖޭގައި ކަސްޓޯޑިއަން ޚިދުމަތް ދިނުމުގެ ހުއްދަ މޮރިޝަސް ކޮމަރޝަލް ބޭންކަށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ރާއްޖޭގައި ކަސްޓޯޑިއަން ޚިދުމަތް ދިނުމުގެ ހުއްދަ މޮރިޝަސް ކޮމަރޝަލް ބޭންކް (އެމްސީބީ) އަށް ދީފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކަސްޓޯޑިއަލް ޚިދުމަތްދޭ މުއައްސަސާތަކުގެ ޤަވާޢިދުގެ ދަށުން އެމްސީބީއަށް ކަސްޓޯޑިއަލް ޚިދުމަތް ދިނުމުގެ ހުއްދަދީ ލައިސަންސް ޙަވާލުކުރީ ސީއެމްޑީއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަސްޓޯޑިއަން އަކީ މީހެއް ނުވަތަ ބައެއްގެ މާލީ މުދާ ރައްކާތެރިކުރުމާއެކު ބެލެހެއްޓުމުގެ ޒިންމާ ނަގާ މާލީ އިދާރާއެވެ. މި ޚިދުމަތް ޢާންމުކޮށް ހޯދަމުންދަނީ އިންވެސްޓްމެންޓް ފަންޑުތަކާއި ޕެންޝަން ފަންޑުތަކުންނެވެ.

މިވަގުތު ރާއްޖޭގައި ކަސްޓޯޑިއަލްގެ ޚިދުމަތް ހޯދަމުން އަންނަނީ ހަމައެކަނި މޯލްޑިވްސް ޕެންޝަން އެންޑް އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ. އަދި 1 މެއި 2010 ން ފެށިގެން މި ޚިދުމަތް ދެމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.

ކަސްޓޯޑިއަލް ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އިންވެސްޓްމެންޓް ފަންޑުތަކުންދޭ އިރުޝާދާއި އެއްގޮތަށް ފައިސާ ބެލެހެއްޓުމާއި އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާ ބަލައިގަތުމާއި މާލީ މުޢާމަލާތްތަކުގެ ކްލިއަރިންގ އާއި ސެޓްލްމެންޓާއި އެސެޓްތައް ރެކޯޑް ބެލެހެއްޓުން ހިމެނެއެވެ.

މޮރިޝަސް ކޮމަރޝަލް ބޭންކަކީ 2008 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ރާއްޖޭގައި ޚިދުމަތްދެމުން އަންނަ ބޭންކެކެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް