އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލައަށް ފައިސާ ހޯދައިގެން މަންމަގެ ކެންސަރު ބައްޔަށް ބޭސްކޮށްދީ ލޯބިދޭ 8 އަހަރުގެ ދަރިފުޅުގެ ވާހަކަ

އަމިއްލައަށް ފައިސާ ހޯދައިގެން މަންމަގެ ކެންސަރު ބައްޔަށް ބޭސްކޮށްދީ ލޯބިދޭ 8 އަހަރުގެ ދަރިފުޅުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އުމުރުން އެންމެ 8 އަހަރުގެ ކަރސްޓަންގެ މަންމައަކީ ކެންސަރުބައްޔަށް ފަރުވާ ހޯދަމުން ގެންދާ އަންހެނެކެވެ. އުރަމަތީ ކެންސަރަށް ފަރުވާކުރާތާ މިއީ 3 ވަނަ އަހަރެވެ.

އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. ހުރީ ހަމަ ކުޑަކުޑަ ކަރސްޓަން އެވެ. މަންމަގެ ފަރުވާއަށް ބައިވަރު ފައިސާ ބޭނުންވެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ހޮސްޕިޓަލުގެ ބިލްތައް ދެއްކޭނެ ގޮތެއްވެސް ނެތެވެ. ނަމަވެސް ކަރސްޓަންގެ ބަހަކީ އެބަލީގައި އޭނާގެ މަންމަ މަރުވާން ބޭނުން ނުވާ ކަމަށެވެ.

ކަރސްޓަން އަށް ސޯޝަލް މީޑިއާ ބޭނުންކުރަން އެނގެއެވެ. އޭނާ ހެދީ ޕޭޖެކެވެ. އެ ޕޭޖަށް ލަނީ ފޮޓޯއެވެ. މަންމަ އާއި އޭނާގެ ފޮޓޯއެވެ. މަންމަގެ ހާލަތު އަންގައިދޭ ފޮޓޯއެވެ. މަންމަ އާއިމެދު އޭނާ ކުރާ އުންމީދުތަކުގެ ލިޔުންތަކެވެ.

ކަރސްޓަން ސުވާލުކުރެއެވެ. "ކަލޭގެ މަންމަ މިހާލުގައި މަރުވަން ކަލޭ ބޭނުން ހެއްޔެވެ؟ މަށަށް ކުރިމަތިވެފައިވާ ހާލަތު ކަލެއަށް ކުރިމަތިވެއްޖެނަމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އިންސާފުވެރިކަމާއިއެކު ނިކަން ޖަވާބު ދީބަލާށެވެ.

ކަރސްޓަންގެ ފޮޓޯތަކާއި ލިޔުންތަކުން މީހުންގެ ހިތްތަކަށް އަސަރުކުރުވައެވެ. ދީލަތި މީހުންގެ އެހީގައި ކަރސްޓަން ގެންދަނީ އޭނާގެ މަންމަގެ ބިލްތައް ދައްކަމުންނެވެ. ހޮސްޕިޓަލުން ދެވެންހުރި އެންމެ ރަނގަޅު ފަރުވާ މަންމައަށް ދެމުންނެވެ. އުމުރަކީ އެންމެ 8 އަހަރު ނަމަވެސް މަންމަގެ ހުރިހާ ޒިންމާތަކެއް އުފުލަމުންނެވެ. އަދި މަންމައަށް ލޯބިވެސް ދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް