އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަވަކިޔާ ސޯނޫ ނިގަމް ބަންގިއަށް ފުރައްސާރަކުރުމުން އަތަށް ގޮވައިފި

ލަވަކިޔާ ސޯނޫ ނިގަމް ބަންގިއަށް ފުރައްސާރަކުރުމުން އަތަށް ގޮވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

އިންޑިއާގައި އުޅޭ ލަވަކިޔާމީހާ ސޯނޫ ނިގަމް ބަންގިއަށް ފުރައްސާރަކުރުމުން އަމިއްލަ އަތަށް ގޮވައިފިއެވެ.

ސޯނޫ ނިގަމް ޓްވީޓްކޮށް ބުނެފައިވަނީ ބަންގިއަކީ ދީނީ މަޖުބޫރުކުރުމެއް ކަމަށާއި އޭނާއަކީ މުސްލިމެއް ނޫން ކަމަށްވާއިރު ބަނގީގެއަޑަށް ފަތިހު ހޭލަންޖެހޭތީ ކަންބޮޑުވާ ކަމަށެވެ. އަދި އިންޑިއާގައި އެކަން ނިމޭނީ ކޮން އިރަކުންތޯ ވެސް ސޯނޫ ނިގަމް ވަނީ ސުވާލު އުފައްދައިފައެވެ.





ސޯނޫ ނިގަމް މިމޭރުމުން ސުވާލުކޮށްފައިވާއިރު ބަންގީގެ އަޑު އިވެނީ 5 މިނިޓެއްހައިއިރުއެވެ. ފަތިހު 4 ޖެހީންސުރެ އިރުއަރައި ،7 8 ޖަހަންދެން ހިންދީންގެ ފައްޅިތަކުގެ އަޑެއް ނުކެނޑެއެވެ. ރަނގަބީލު ޖަހާއަޑާއި ލައުޑުތަކުން އެކިޔާ އެއްޗެއް ކިޔާ އަޑެވެ.

މިމައްސަލައިގައި ގިނަ ބައަކު ދަނީ ސޯނޫ ނިގަމަށް ފާޑުކިޔަމުންނެވެ، "އަހަރެންނަކީ ހިންދޫއެއް ނޫން. އަހަރެންނަށް ގެރިމަހެއް ނުކެވޭ. މި މުޞީބާތުން އިންޑިއާ ސަލާމަތްވާނީ ކޮންއިރަކުން؟" ތޯ ވެސް މީހުން ދަނީ ސުވާލުކުރަމުންނެވެ.





އިންޑިއާގެ އާބާދީއަށް ބަލާއިރު މުސްލިމުންގެ އާބާދީއަކީ 14 އިންސައްތައެވެ. ނަމަވެސް މިއީ މުޅި ސައުދިއަރަބިޔާގެ އާބާދީއަށްވުރެ އަދަދުގެ ގޮތުން ގިނަ އަދަދެކެވެ. 2050 ވަނަ އަަހަރު އިންޑިއާގެ މުސްލިމުންގެ އަބާދީ ވާނީ މުސްލިމުންގެ އެންމެ ބޮޑު އާބާދީއަށް ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ.

އެހެންކަމުން އިންޑިއާ ފަދަ ޤައުމެއްގައި މުސްލިމުންނަށް މިފަދަ ފުރައްސާރަތައް ކުރުމުން ހެޔޮ ވިސްނޭ އެހެން ދީންތަކުގެ މީހުންވެސް ހައްޤުބަސް ބުނާނެކަން ސޯނޫ ނިގަމަށް ނުވިސްނުނީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް