ފުލުހުންނާއި އަލިފުށި ސިއްޙީ މަރުކަޒު ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރ. އަލިފުށީ ޕޮލިސް ސްޓޭޝަނާއި އަލިފުށި ސިއްޙީ މަރުކަޒު ގުޅިގެން އަލިފުށީ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަަށައިފިއެވެ.

އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ އަލިފުށީގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ ގޮތުންނާއި މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކޮށް ކުށްމަދުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ކުރެވިދާނެ ކަންކަމާއި ރަނގަޅު ކާނާއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ކުށްމަދުކުރުމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ރ. އަލިފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ރ. އަލިފުށީ ސިއްހީ މަރުކަޒުގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މޫސާ ވަހީދު