އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގދ.ތިނަދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގދ.ތިނަދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ތިނަދޫގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ.ތިނަދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި ހިނގާ އޭޕްރީލް 14 ވަނަ ދުވަހުގެ ހަވީރު ގދ.ތިނަދޫގައި ހިންގި މި ޓްރެފިކް އޮޕަރޭޝަނަކީ ތިނަދޫގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ.މި އޮޕަރޭޝަނުގައި ތިނަދޫގެ އެކި ސަރަޙައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް ވެހިކަލްތަކުގެ އަހަރީފީއާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސްގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކުރެވިފައިވެއެވެ.

މިގޮތުން މި އޮޕަރޭޝަނުގައި 115 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 4 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ދިޔައިރު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު