އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން

ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތިމާވެށްޓަށް ދިމާވާ ގެއްލުމާ ގުޅިގެން ފަތުރުވެރިކަމާ މަސްވެރިކަމުގެ ސިނާޢަތަށް ކުރާ ނޭދެވޭ އަސަރެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމާއި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އިތުރުން ބައެއް އެހެން ޤައުމުތަކުންވެސް ތިމާވެށްޓަށް ދިމާވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައްދަނީ ތަހައްމަލު ކުރަމުންނެވެ. ރާއްޖެއަކީ އެންމެ ތިރި ޤައުމަށް ވީތީވެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވަށްޓަށް ލިބޭ ގެއްލުންތައްދަނީ އިތުރުވަމުންނެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށްރާއްޖެ އިހުތިޔާރު ކުރާ އެންމެ މުހިންމެ އެއް ސަބަބަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ރީތި ގުދުރަތީ ވެށީގެ ސަބަބުންކަމަށްވާއިރު،މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރު ކުރެއެވެ.

ރާއްޖެ އަބަދުވެސް ފާހަގަކުރެވެނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމާމެދު ވަކާލާތުކުރާ ޤައުމުތަކުގެ ތެރެއިން ކުރީ ސަފުގައި ހިމެނޭ ޤައުމެއްގެ ގޮތުގައެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ބޭއްވި ފުރަތަމަ ކޮންފަރެންސް، 1989 ވަނަ އަހަރުގައި ބާއްވާފައިވަނީ މާލޭގައެވެ. އެއީ 1992 ވަނަ އަހަރު ޔޫއެން ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ) އުފެދުމުގެ ކުރިންވެސް މޫސުމަށް އަންނަ ބަދަލުތަކާމެދު ރާއްޖެއިން މުހިންމުކަން ދޭވަރު ސާބިތުކޮށްދޭ ހެއްކެކެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުން

ގުދުރަތީ ގޮތުން 26 އަތޮޅުގެ މައްޗަށް ބެހިފައިވާ މިރަށްތަކުގައި މަޝްރޫޢެއް ފަށާ ކަމަށްވާނަމަ އެންމެ ފުރަތަމަވެސް ކުރަންޖެހިފައިވާ ކަމަކީ އެ ރަށެއްގެ ތިމާވެށީގެ އެސެސްމަންޓެއް ހެދުމެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ ތިމާވެށީގެ ތަފާތު މައްސަލަތައް ދިމާވާތީއެވެ.އެއީ އެ މަޝްރޫޢު ހިންގުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ބެލުމަށާ އެ ގެއްލުންތަކުން ހައްލެއްހޯދޭނެގޮތްތައް ރޭވުމަށެވެ. ރާއްޖޭގެ ރަށްތަކަކީ ކުދި ރަށްތަކަކަށް ވުމުން ރަށްރަށުގެ ގޮނޑުދޮށް ގިރުމާ ގުޅިގެން ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

މިއީ މި ރަށްތަކަށް ދިމާވެފައިވާ ވަރަށްވެސް ނާޒުކު މައްސަލައެކެވެ. އިންޓަނޭޝަނަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ރިޕޯޓުން ދައްކާ ގޮތުގައި 2100 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 75 އިންސައްތަ ކަނޑުއަޑީގައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ މައްސަލަތައް ވީހާވެސް ކުޑަކޮށް ރާއްޖޭގެ ނާޒުކު ރަށްތައް ހިމާޔަތް ކުރުމުގެ ގޮތުން މި ސަރުކާރުން މިހާރުވެސްވަނީ17 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ބޮޑު ހޭދައެއް ކޮށްފައެވެ.

އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި، އިތުރު ރިސޯޓުތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ތިމާވެށީގެ ހާލަތަށް ބަލާއިރު އިތުރު ރިސޯޓު އުފެއްދުމަކީ ރާއްޖޭގެ ތިމާވެށްޓަށް މުހިންމު ކަމެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މީހުން ދިރިއުޅޭ ރަށްރަށަށްވުރެ ރިސޯޓުތައް ހަދަން ބޭނުންކުރާ ރަށްރަށުގެ މޫދު ޞަރަޙައްދު ނުވަތަ ގޮނޑުދޮށް މާބޮޑަށް ހިމާޔަތް ކުރެވެމުންދާތީއެވެ.

ރާއްޖޭގެ ރަށްރަށަށް ދެން ދިމާވެފައިވާ ބޮޑު އެއްމައްސަލައަކީ ފެން ތަޣައްޔަރުވުމުގެ މައްސަލައެވެ. ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގެ 186 ރަށުގެ ތެރެއިންފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރެވިފައިހުރީ ހަމައެކަނި 31 ރަށުގައެވެ. މިއީރާއްޖޭގެ އާބާދީގެ 37 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 18 ރަށުގައި ސާފު ބޯފެނާ ނަރުދަމާގެ ނިޒާމްވަނީ ޤާއިމުކުރެވިފައެވެ. މީގެ ސަބަބުން ރާއްޖޭގެ އާބާދީގެ 50 އިންސައްތަ އަށް ވަނީ ސާފު ބޯފެން ފޯރުކޮށްދެވިފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މި ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ސާފު ބޯފެން ފޯރުކޮށްދިނުމެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ވިސްނުން

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ލޯ-ކާބަން އިކޮނޮމީއަކަށް ރާއްޖެ ބަދަލުކޮށް، ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ. 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ 186 ރަށަށް ސައްވީސް ގަޑިއިރު ކަރަންޓުގެ ޚިދުމަތްދޭންވަނީ ފަށާފައެވެ.

ދުނިޔޭގައި ހުޅުވި އެންމެ ފުރަތަމަ ސައްތައިންސައްތަ ސޯލަރ ޕަވަރޑް ރިސޯޓު ކަމުގައިވާ "ގަސްފިނޮޅު" ހުޅުވާފައިވަނީ ރާއްޖޭގައެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމާބެހޭ މަޢުލޫމާތު އާންމު ރައްޔިތުންނަށް ދިނުމަށްޓަކައި ތަފާތު ކެމްޕޭންތައް މިނިސްޓްރީ އޮފް އެންވައިރަމަންޓް އެނަރޖީގެ ފަރާތުންދަނީ ހިންގަމުންނެވެ. ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް ފަސޭހަކަމާއެކު އެ ނިޒާމަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކާނެޓް މީޓަރިންގ ރެގިއުލޭޝަން ތަޢާރަފްކޮށް، އަމިއްލަ ފަރާތްތަކަށްވެސް ސޯލަރ ޕެނަލް ހަރުކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. ރާއްޖެއަށް މިހާރު ބޭނުންވަނީ އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތް ދޭނެ އިތުރު ފަރާތްތަކެވެ.

ރާއްޖޭގައިއިޤްތިޞާދީ ގޮތުން ކުރެވޭ ކޮންމެ މަސައްކަތެއްމެ ތިމާވެށްޓާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ވުމާއެކު ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ރަށްތަކަކީ ރައްކާތެރި، ދިރިއުޅެން ފަސޭހަ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ރަށްތަކެއްކަމަށް ހެދުމަށްޓަކާ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުންދަނީ ކުރަމުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު