އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންގެ ކުޅިވަރުތަކަށް 167 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ: އިރްތިޝާމް

ޒުވާނުންގެ ކުޅިވަރުތަކަށް 167 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ: އިރްތިޝާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު

ޒުވާނުންނާއިގުޅޭ ކުޅިވަރުގެ ތަފާތު ހަރަކާތްތަކަށް 167 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ސަރުކާރުގެ ބަޖެޓުން އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުން ކުރި ޚަރަދު ކަމަށެވެ.

އެކަމަނާ ވިދާޅުވީ ގިނަ ޢަދަދެއްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓާއި ބަށި ކޯޓުތައްވެސް ޤާއިމުކޮށްފައިވާ ކަމަށެވެ.

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާ ކަމަށާއި ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލުތަކުން އެދެވޭ އެއްބާރުލުން ނުލިބޭތީ މިނިސްޓްރީން ފަށަންބޭނުންވާ ބައެއް މަޝްރޫޢުތައް ނުފެށި ހުރި ކަމަށްވެސް އިރްތިޝާމް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް